މާލެ ސަރަހައްދުގެ ސެލޫންތަކާއި ސްޕާތަކަށް ހާއްސަ އިންސްޕެކްޝަނެއް

1 month ago

އަފްރާހް

މާލެ ސަރަހައްދުގައި ހިންގާ ސެލޫންތަކާއި ސްޕާތަކަށް ހާއްސަކޮށްގެން މޯލްޑިވްސް އިމިގްރޭޝަނުން އޮޕަރޭޝަނެއް ހިންގައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ މިއީ އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ގާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި މި އޮޕަރޭޝަން ހިންގީ ސެޕްޓެމްބަރ 18 ވަނަ ދުވަހު ކަމަށެވެ.


މި އޮޕަރޭޝަންގައި ޖުމްލަ 22 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ ބިދޭސީ ހަތް އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި ވަޒީފާދިން ފަރާތްތަކުގެ ތެރެއިން ހަތް ފަރާތަކަށް ނޯޓިސްދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


އިމިގްރޭޝަނުން އިތުރަށް ވިދާޅުވީ މި އިންސްޕެކްޝަންގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސް ޓީމުން ވެސް ބައިވެރިވެފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު