ޓެކްނޮލޮޖީ ބޭނުންކޮށް މުސްތަގްބަލު ބައްޓަންކުރާނީ ޒުވާނުން: ހުއާވޭ

1 month ago

އަފްރާހް

ޓެކްނޮލޮޖީ ބޭނުންކޮށް މުސްތަގްބަލު ބައްޓަންކުރާނީ ހުނަރުވެރި ޒުވާނުންކަމަށް ކަންޓްރީ ހެޑް އޮފް ހުއާވޭ މޯލްޑިވިސް، މރ. ޗެން ކެޔަންގ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމާއި ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ހަފްލާގައެވެ.


މރ. ޗެން ވިދާޅުވީ ޓެކްނޮލޮޖީއަކީ ދުވަހެއް ދުވަހަކަށް ތަރައްގީވަމުން އަންނަ އެއްޗެއްކަމަށެވެ. އަދި ރާއްޖެއަކީ ވެސް ޑިޖިޓަލައިޒޭޝަން ނުވަތަ ޓެކްނޮލޮޖީއާއި ގުޅުންހުރި ވަސީލަތްތަށް ބޭނުންކޮށް، ކުރިއަރަމުން އަންނަ ގައުމެއް ކަމަށެވެ.


މީގެއިތުރުން އަމާޒަކީ ވިޔަފާރިތަކާއި ދަރިވަރުންނާއި އެންމެހާ ރައްޔިތުން ޓެކްނޮލޮޖީއަށް އަހުލުވެރިކޮށް، ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުންކަމަށް ވެސް ވިދާޅުވިއެވެ.


އޭނާ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންނަކީ ކެރިގެން އައު ކަންކަމާއި ކުރިމަތިލައި، ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، ރާއްޖެއާއި މުޅި ދުނިޔެ ބޭނުންވާ ފަދަ އުފެއްދުންތެރިކަމެއް އައިސީޓީ ދާއިރާއިން ހޯދާނެ ދަރިވަރުންތަކެއްކަމަށް އުންމީދުކުރައްވާ ކަމަށެވެ.


ސީޑްސް ފޮރ ދަ ފިއުޗަރ ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު ވެސް 1000 އަށް ވުރެ ގިނަ ދަރިވަރުން ތަމްރީނުވެފައިވާއިރު، މި އަހަރު ދިވެހި ރާއްޖޭގެ 4 ދަރިވަރުން މި ޕްރޮގްރާމްގެ ދަށުން ތަމްރީނު ވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު