ހިރިޔާ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ އަށް ޒިޔާރަތްކޮށްފި

1 month ago

އަފްރާހް

ހިރިޔާ ސްކޫލުގެ ދަރިވަރުން، އެމްއެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު ޒިޔާރަތްކޮށްފިއެވެ.


ހިރިޔާ ސްކޫލުގެ ދަރިވަރުން އެމްއާރުސީސީއަށް ޒިޔާރަތްކޮށްފައި މިވަނީ ސްކޫލުގެ ތިމާވެށި ކަރިކިޔުލަމްގައި ހިމެނޭ ދިވެހިރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މަޢުލޫމާތު ހޯދުމުގެ ގޮތުންނެވެ. 


މިގޮތުން، އެ ސްކޫލުގައި ކިޔަވަމުންދާ 128 ދަރިވަރުން ވަނީ އެމްއާރުސީސީއަށް މިއަދު ޒިޔާރަތްކޮށްފައެވެ.


މި ޒިޔާރަތުގައި، އެމްއާރުސީސީގައި ހައްދާފައިވާ ގަސްގަހާއި ޕްލާންޓޭޝަންއާ ބެހޭގޮތުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުންނާއި އެމްއާރްސީސީގެ ދައުރާ ބޭހޭގޮތުން އެމްއާރުސީސީގެ ފަރާތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވީ، އެމްއާރުސީސީގެ ސިފައިންނެވެ. އެމްއާރުސީސީއަކީ، ދިވެހިރާއްޖޭގައި ހެދޭ ވަރަށް ގިނަ ގަސްތައް ހައްދާފައިވާ މަރުކަޒެކެވެ.


ކިޔުންތެރިންގެ ހިޔާލު