ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުއިއްޒު ފޮނުއްވައިފި

1 month ago

އަފްރާހް

ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޮލީއަަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.


މިދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ރާއްޖެއާއި ނޭޕާލާއި ދެމެދުގައި އޮތީ ދެގައުމުގެ މެދުގައި އޮންނަ އިހްތިރާމާއި ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ޒަމާނުއްސުރެ ދެ ގައުމުގެ މެދުގައި އޮތް މި ގުޅުން ދެގައުމަށް ލާބައާއި މަންފާވާނެހެން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމުގައި ވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.


ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހަކީީ 20 ސެޕްޓެންބަރު 2015 ގައި އެ ގައުމުގެ އައު ގާނޫނު އަސާސީ ތަންފީޒުކުރަން ފެށި ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ.


ކިޔުންތެރިންގެ ހިޔާލު