ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް އޭޖީ އާއި ޕީޖީ މަޝްވަރާ ކުރައްވައިފި

1 month ago

އަފްރާހް

ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭގޮތުން އެޓަރނީ ޖެނެރަލް (އޭޖީ) އަލްއުސްތާޛު އަހްމަދު އާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) މަޝްވަރާ ކުރައްވައިފިއެވެ.


މި މަޝްވަރާ ކުރައްވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމާ އަލަށް ހަވާލުވެވަޑައިގަތް ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛް ޢައްބާސް ޝަރީފާ، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ބައްދަލުކުރައްވާ މަރުހަބާ ދެންނެވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.


މިބައްދަލުވުމުގައި ބަންޑާރަނައިބު އުޝާމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމުގައި، ތެދުވެރިކަމާއެކު ދެމިހުންނެވުމަށް ޢައްބާސް ޝަރީފަށް ހިތްވަރު ދެއްވާފައެވެ.


އަލްއުސްތާޛު އައްބާސް ޝަރީފް ޕީޖީ ގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މި މަހުގެ 18 ވަނަ ދުވަހުއެވެ. އައްބާސް އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒުއެވެ.


ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އައްބާސް ހުންނެވީ ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައެވެ.


ޕީޖީގެ މަގާމު ހުސްވީ އެމަގާމަގުގައި ކުރިން ހުންނެވި އަލްއުސްތާޛު ހުސައިން ޝަމީމް، އެ މަގާމުން ވަކިކުރުމުގެ މައްސަލަހުށާފައިވަނީކޮށް އިސްތިއުފާދެއްވުމުންނެވެ. އެ މަގާމަށްކުރިމަތިލުމަށް ހުޅުވައިލުމުން ހަ ބޭފުޅުން ކުރިމަތިލެއްވިނަމަވެސް ރުހުން ހޯދުމަށް ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ.


ރައްޔިތުންގެ މަޖިލީހުން އައްބާސް އަށް ރުހުން ދީފައިވަނީ މަޖިލީހުގެ ދައުރުން ބޭރުގައި ސެޕްޓެމްބަރ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އައްބާސްއަށް ރުހުން ދޭން ފެނޭތޯ ވޯޓަށް އެހުމުން 85 މެންބަރުން ވަނީ ފެންނަކަމަށް ވޯޓު ދެއްވާފައެވެ.


ގިނަ ދުވަސް ވަންދެން ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ އައްބާސް ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމާއި ރައީސް އޮފީހުގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމު ފުރުއްވާފައެވެ. އަދި ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވެސް ޔާމީންގެ ދިފާއުގައި ވަނީ ވަކާލާތު ކުރައްވާފައެވެ.


ޔުނިވަރސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާގެ ތައުލީމު ހާސިލުކުރެއްވުމަށްފަހު، އައްބާސް ވަނީ ރާއްޖޭގައި ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު