ޔޫއެންގެ އާންމު މަޖިލީހުގައި ރައީސް ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގަންނަވަނީ

1 month ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.


އެކަން ހާމަކުރެއްވީ ސެޕްޓެމްބަރ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.


މިއީ ރައީސް އ.ދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި އެމަނިކުފާނު ތަގްރީރު ކުރައްވާނެއެވެ. އަދި އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ހާއްސަ އޯޕެން ޑިބޭޓެއްގައި ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.


ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ހީނާ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަމަށެވެ.


މީގެއިތުރުން އ.ދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗަރގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާއި މުޚާތަބުކުރައްވައި ތަޤުރީރު ކުރެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް ހީނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު