ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދަެއްގެ ތަކެތި ނައްތާލައިފި

1 month ago

އަފްރާހް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ތަކެތި ނައްތާލައިފިއެވެ.


މިތަކެއްޗަކީ ގާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައިފާސްކުރުމުގެ ތެރެއިން ދެނެގަނެވިފައިވާ ތަކެއްޗެވެ.


މިގޮތުން ނައްތާލެވުނު ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަނގުރާ އެކުލެވޭ ބާވަތްތަކާއި، ދުންފަތުގެ ބާވަތްތަކެވެ. އަދި ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތަކެވެ.


މި ތަކެތި ނައްތާލާފައިވަނީ ސެޕްޓެމްބަރު 4 ވަނަ ދުވަހު ކ. ތިލަފުށި ކުނި ނައްތާލާ ސަރަހައްދުގައެވެ.


މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސް އިން ޢަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.


އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކުރެވިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު