ނެޝަނަލް ހިއުމަން ކެޕިޓަލް ސާރވޭ ގެ ވެލިޑޭޝަން މީޓިންގ ބާއްވައިފި

1 month ago

އަފްރާހް

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ނެޝަނަލް ހިއުމަން ކެޕިޓަލް ސާރވޭ ގެ ވެލިޑޭޝަން މީޓިންގ ބާއްވައިފިއެވެ.


އިންޓަގްރޭޓެޑް ލޭބަރ ސަރވިސަސް" (ސެއިލްސް) ގެ ދަށުން ހިންގި ނޭޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސާރވޭގެ މަސައްކަތް ނިމުމާގުޅިގެން ދިރާސާގެ ރިޕޯޓް ތައްޔާރުކޮށް ނިންމުމުގެ މަސައްކަތުގެ ތެރެއިން ހިންގި ވެލިޑޭޝަން މީޓިންގ ބާއްވާފައިވަނީ 18 ސެޕްޓެމްބަރު ގައެވެ.


މިވެލިޑޭޝަން ބައްދަލުވުގެ ބޭނުމަކީ މުހިންމު މަސްލަހަތުވެރިންނަށް ދިރާސާގެ ހޯދުންތައް ހުށަހަޅާ މި ދިރާސާއާ ގުޅުންހުރި މައިގަނޑު ދާއިރާތަކުގެ ހާލަތު ދިރާސާގެ ހޯދުންތަކުގައި ހިމެނިފައިވާ މިންވަރު ވަޒަންކުރުމެވެ. އަދި އެފަރާތްތަކުގެ ޚިޔާލާއި މަޝަވަރާއާއެކު ދިރާސާގެ ހުށަހެޅުންތައް ފުރިހަމަ ކުރުމުވެ.


މި އެސެސްމަންޓްގެ މައިގަނޑު މަގްސަދަކީ އިގްތިސާދީ ދާއިރާތަކަށް ބޭނުންވާ މަސައްކަތުގެ ހުނަރުތައް ދެނެގަތުމެވެ. މިގޮތުން މިހާރު ހުރި މައުލޫމާތުގެ އިތުރުން، ސަރވޭގައި ރާއްޖޭގެ 11 އަތޮޅަކާއި މާލެ ސިޓީން 15 އަހަރާއި 59 އަހަރާ ދެމެދުގެ 1،573 މީހުންގެ މައްޗަށް އެކުލެވޭ ސާމްޕަލްއަކުން މައުލޫމާތު ވަނީ އެއްކޮަށްފައެވެ.


މި ސަރވޭގައި ވަޒީފާގެ ބާޒާރުގެ މައިގަނޑު 6 ދާއިރާއެއްގެ މައުލޫމާތު ހިމެނިފައިވެއެވެ. މިސާރވޭގެ ނަތީޖާއިން ރާއްޖޭގައި އުފެދޭނެ ވަޒީފާތަކާއި، އެވަޒީފާތަކަށް އޮތް ވާދަވެރިކަމާއި، އިގްތިސާދީ ދާއިރާތަކުން ލިބެންހުރި ތަމްރީނުތައް ދެނެގަތުމާއި، މިތަމްރީނުތަކާއި ސިނާއަތުގެ ބޭނުންތަކާއި ގުޅިފައިވާ މިންވަރު ދެނެގަނެވޭނެއެވެ.


މި ބައްދަލުވުން ފަށްޓަވައިދެއްވަމުން ސްޓޭޓް މިނިސްޓަރ ޑރ. ފައިރޫޝް ވަނީ މިދިރާސާގެ މަގްސަދަކީ ހުނަރުގެ ދަތިކަން ހުރި މިންވަރު ބެލުމާއި، ހާއްސަކޮށް ތަމްރީނުގެ ބޭނުންތައް ދެނެގަތުން ކަމަށެވެ. އަދި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ގައުމީ ފެންވަރުގައި އިސްކަންދޭންވީ ތަމްރީނުތަކުގެ ރޯޑްމެޕެއް އެކުލަވައިލުން ކަމަށެވެ.


މި ސާރވޭގައި އެއްކުރެވޭ ހޯދުންތަކުގެ އަލީގައި، ތަމްރީނުދޭ އިދާރާތަކާއި އިންސްޓިޓިއުޓްތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި، ވަޒީފާދޭ ފަރާތްތަކުން ބޭނުންވާ ހުނަރުތަކާ ދެމެދު ހުރި ފަރަގު ދެނެގަނެ، ރާއްޖޭއަށް ބޭނުންވާ ޢިލްމާއި މަސައްކަތުގެ ހުނަރު ދަސްކޮށްނިދުމުގެ މަގުޗާޓެއް އެކުލަވާލެވޭނެއެވެ.


މީގެއިތުރުން ރާއްޖޭގައި ހިމެނޭ މަސައްކަތުގެ ދާއިރާތަކުގެ މައުލޫމާތު އެއްކުރެވިފައިވާ ލޭބަރ މާކެޓް އިންފޮމޭޝަން ސިސްޓަމެއް (އެލް.އެމް.އައި.އެސް) ގާއިމުކުރުމާއި ނެޝަނަލް ކެރިއަރސް ސަރވިސް މެދުވެރިކޮށް ވަޒީފާ ހޯދަމުންދާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމުގައި މިސާރވޭގެ ހޯދުންތަކުން އެހީތެރިވޭދޭނެއެވެ. 


ކިޔުންތެރިންގެ ހިޔާލު