އަހިވަކު ފަނި: އޮޕަރޭޝަނާއި ވިހެއުމުން އުފެދޭ ތަދުތަކަށް ފަރުވާއެއް

5 months ago

އަފްރާހް

އަހިވަކު ފަނި ބޭނުންކުރުމުން އޮޕަރޭޝަންކުރުމުންނާއި ވިހެއުމުން އުފެދޭ ތަދު ލުއިކޮށްދޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.

އެ ފަރާތްތަކުން ބުނާގޮތުގައި އަހިވަކު ފަނި ބުއިމުން ނާރުގެ ބަލިތަކުން އުފެދޭ ތަދުތައް ކުޑަކުރުމަށް އެހީތެރިވެދެއެވެ.

މީގެ އިތުރުން ހަނދާނުގެ ބައްޔަށް އަސަރުކުރާ އެލްޒެއިމާ ބަލީގެ އުދަގޫތައް ވެސް އަހިވަކުގެ ސަބަބުން ކުޑަކޮށްދޭ ކަމަށް ދިރާސާ އިން ދައްކާއިރު، ތުރުތުރުއަޅާ ބަލީގެ ސަބަބުން މެދުވެރިވާ ތުރުތުރު އެޅުމުގެ މައްސަލަ އަށް ވެސް ހައްލު ގެނެސްދޭ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އަހިވަކަކީ ނޭވާލާ ނިޒާމަށް ޖެހޭ އާންމު ބަލިތައް ކަމަށްވާ، އަރިދަފުސް ރޯގާ، ކެއްސުމާއި ކަރުތެރެ ހަލާކުވުން، އެލަރޖީ އަދި ނޭވާހިއްލުން ފަދަ ބަލިތަކަށް ވެސް ލުއިކަމެއް ގެނެސްދޭ އެއްޗެއް ކަމަށް ވަނީ ބުނެފައެވެ.

ޖަންގަލީގެ ތެރޭގައި ނުވަތަ ވަލުތެރޭގައި ތިރިކޮށް ހެދޭ، ގަހެއްގައި އަޅާ ހުތް ފޮނި މި މޭވާ އަކީ ގިނަ މީހުންނަށް އެހާ ކަމުދާ އެއްޗެއް ނޫނެވެ. އޭގައި ހުންނަ ވަހުގެ ސަބަބުންނެވެ.

ނަމަވެސް މީގެ ބޭނުން ނުހިފައި ދޫކޮށްލެވޭ ވަރުގެ އެއްޗެއް ވެސް ނޫނެވެ.

ކަންމިހެން އޮތްނަމަވެސް ކޮންމެ އެއްޗެއް ވެސް ބޭނުން ކުރުމުގައި ވިސްނައިލަން ޖެހޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން އަހިވަކުގައި ސިއްހީ ގިނަ ފައިދާތަކެއް ހުރިނަމަވެސް އެއްފަހަރާ މާގިނައިން އަހިވައް ބޭނުންކޮށްފިނަމަ، ބަނޑުގައިރިހުމާއި ބޭރަށްހިންގުމާއި ބަނޑުހިކުން ފަދަ ކަންކަން މެދުވެރިވުން އެކަށީގެންވެއެވެ.

ހަމަމިއާއެކު ވައިބޭރުވުމާއި މައްސަރުގައި މާގިނައިން ލޭއައުމާއި ބޮލުގައި ރިހުން ފަދަ ކަންތައްތައް ވެސް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު