ރާއްޖެ އެތެރެކުރަން އުޅުނު 9 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓައިފި

1 month ago

އަފްރާހް

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 9 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހިފަހައްޓައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ 2024 ސެޕްޓެމްބަރު 18 ވަނަ ދުވަހު ރާއްޖެއައި އެއަރކާގޯ ޝިޕްމަންޓަކާއި، ޕޯސްޓް ޕެކޭޖަކާއި 2024 ސެޕްޓެމްބަރު 16 ވަނަ ދުވަހު ރާއްޖެ އައި ސްރީލަންކަން އެއަރލައިންސް ފްލައިޓް ނަންބަރު UL103 އިން ދަތުރުކުރި 65 އަހަރުގެ ދިވެހި ފިރިހެން ފަސިންޖަރަކު ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.


އެގޮތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ 4 ބާވަތަކަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ.


ކަސްޓަމްސް އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ސެޕްޓެމްބަރ 16 ވަނަ ދުވަހު UL103 އިން 349 ގްރާމުގެ ހެރޮއިން، ސެޕްޓެމްބަރ 18 ވަނަ ދުވަހު ޕޯސްޓުން 582 ގްރާމުގެ ސިންތެޓިކް ކެތިނޯން އަދި ހަމަ އެދުވަހު އެއަރ ކާގޯ މެދުވެރިކޮށް 5219 ގްރާމް ކެނަބިސް އާއި 2870 ގްރާމް އެކްސްޓަސީ އަތުލައިގަނެފައި ވެއެވެ.


މި މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށްޓަކައި ފަސިންޖަރާއި، އަތުލައިގަނެވުނު ތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު

އަމާން

ކޮމެންޓް ޖެއްސަސް ނުޖެއްސަސް....ޙައްލަކީ ޢުމަރު......މަސްތުވާތަކެތި ރާއްޖެ އެތެރެ ކޮށް .......ދައުލަތުން ވައްކަންކޮށް ކޮންމެ ބަޔަކު ވެސް ފުލެޓް ގަނެ ....ދައުލަތުގެ ފައިސާ އެކި ގޮތްގޮތަށް ކަޅާ ކުރަނީ....އާދައިގެ މީހާގެ ދަރިއަށް ބޭރުން ކިޔަވަން ފުރުޞަތު ނުދީ ޑިޕްލޮމޭޓުގެ 18 އަހަރުގެ ދަރިއަށް އެފުރުޞަތު އޮއްސާލަނީ.....އިންސާފު ކޮބާ؟.....ދައުލަތުން ވައްކަން ކޮށްފި ނަމަ ޢުމަރު ބުނަނީ އޭނާގެ ވެރި ކަމެއްގައި އަތް ކަނޑާނެ ކަމަށް.ޑްރަގު ހުއްޓުވާނެ ކަމަށް.....އޭނާ އަށް ކެރޭނެ ....ކުރާނެ....އެހިތްވަރު ހުންނާނެ....އެކަން އޮތީ އޭނާގެ މިނިސްޓަރ ކަމުގައި ދައްކާފަ.

1 month ago