ދިވެހި ފިލްމު 'ދޭދަރު ރުއިން' ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި

1 month ago

އަފްރާހް

ދިވެހި ފިލްމު 'ދޭދަރު ރުއިން' ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފިއެވެ.


އައިފިލްމްސް އާއި ކަޒްމިކް އިންޓަރނޭޝަނަލް އިން އާންމުންނަށް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާންމުންނާއި ހަމައަށް ފޮނުވާލީ މިއަދުއެވެ.


ދިވެހީންނަށް މަގްބޫލު އުފެއްދުންތަކެއް ގެނެސްދީފައިވާ އައިފިލްމްސް އާއި ކަޒްމިކް އިންޓަރނޭޝަނަލްގެ މި ފިލްމު ސިނަމާއަށް އަންނާނީ މިއަހަރުގެ ނޮވެމްބަރ މަހުއެވެ. ޑައިރެކްޓް ކުރަނީ ޑައިރެކްޝަނަށް އަލަށް ތައާރަފްވާ އައްޒާމު އެވެ.


އެކްޝަން ތްރިލަރ، މި ފިލްމުގެ ތަރިންގެ ތެރޭގައި ޝަރަފުއްދީން ޢަބްދު (ޝަރަފް) އަދި ‏މައިހާ އާދަމް ޒާހިރު އާއި ނޭޕާލު ޝުޝްމާ ވެސް ހިމެނެއެވެ. މިއީ މައިހާ އާދަމް ޒާހިރުގެ ފުރަތަމަ ފީޗަރ ފިލްމެވެ.


އައިފިލްމްސް އިން މިހައިތަނަށް ގެނެސްދީފައިވާ މަގްބޫލު ފީޗަރ ފިލްމުތަކުގެ ތެރޭގައި ބަވަތި، ނީނާ ހިމެނެއެވެ. އަދި ކަޒްމިކް އިންޓަރނޭޝަނަލް އިން ނެރުނު ދަރަކަ ސީރީޒަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ކޮމެޑީ ފިލްމު ފްރީ ޑެލިވަރީ އަކީ ވެސް ގިނަމީހުން އަދިވެސް ބަލައިލަން ބޭނުންވާ އުފެއްދުންތަކެކެވެ.


އައިފިލްމްސް އާއި ކަޒްމިކް އިންޓަރނޭޝަނަލް އިން އާންމުންނަށް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ދިވެހި ފިލްމު 'ދޭދަރު ރުއިން' ގެ ޓީޒަރ ވެސް މިހާރުވަނީ އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު