ރާއްޖެއަށް ބޭނުންވަނީ ބޮޑެތި މައްސަލަތައް ހައްލުކުރެވޭ ޕޮލިޓިކަލް ލީޑަރެއް: އުމަރު ނަސީރު

1 month ago

އަފްރާހް

ރާއްޖެއަށް ޕޮލިޓިކަލް ލީޑަރެއް ބޭނުންވާ ކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ 'ދެން އޮންލައިން' ގެ ހަވާސާއިން ބޭރު ސިލްސިލާގައި ވާހަކަ ދައްކަވަމުންނެވެ.


އުމަރު ވިދާޅުވީ ދުނިޔޭގެ އެހެންގައުމުތައް ވެސް ހަމަޖެއްސުމަށްޓަކައި ޢަމަލުކުރާގޮތަށް ޢަމަލުކުރަން ކެރޭ މީހަކު ބޭނުންވާ ކަަމަށެވެ. ރާއްޖޭގައި މިފަހަކަށް އައިސް ހިނގައިދިޔަ ހާދިސާއަކާއި ގުޅުވައިގެން އުމަރު ވިދާޅުވީ މައުސޫމް އަންހެންކުއްޖެއްގެ ކަރުގައި ވަޅި ޖެއްސީމައި ފުލުހުން ނަގަންވާނީ ފިސްތޯލަ ކަމަށެވެ.


"ނޯ ނޮންސަންސް. ވާހަކަދައްކާކަށް ނުޖެހޭނެ ދެނެއް އެނގޭތޯ. ވާހަކަ ނިމުނީ އެ ހިސާބުން. ފިސްތޯލަ ނަގާ ދިއްކުރީމަ އޭނަ ޖެހޭނީ ވަޅި ބާއްވަން. ވަޅި ނުބާއްވައިފިއްޔާ މިކޮޅުން ޝޫޓު ކުރާނެ." އުމަރު ވިދާޅުވިއެވެ.


މީގެއިތުރުން ރާއްޖެއަށް ބޭނުންވަނީ އެވަރުގެ ސާބިތު ވެރިކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ފޮމިއުލާއެއް ރާއްޖޭގެ އެއްވެސް ޕޮލިޓިކަލް ޕާޓީއެއްގައި ވެސް ޕޮލިޓީޝަނެއްގެ އަތުގައި ވެސް ނޯންނާނެކަމަށް ވެސް އުމަރު ވިދާޅުވިއެވެ.


އުމަރު ނަސީރު ވިދާޅުވީ އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު ނިމުނުއިރު، ރާއްޖެ އިތުރަށް ދެރުން ނޫންކަމެއް ނުވި ކަމަށެވެ. އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ފަސް އަހަރު ނިންމާއިރުވެސް އިތުރަށް ދެރުން ނޫން އެހެންކަމެއް ނުވާނެކަމަށް ވިދާޅުވިއެވެ.


ދައުލަތުގެ އެތައް ފަޅަކާއި އެތައް އެއްޗެއް ހުންނާނީ ގާތްތިމާގެ މީހުންނަށާއި އެހެން މީހުންނަށް ވިއްކާފަ ކަމަށާއި ނަތީޖާއަކަށް ބަދަލެއް ނާންނާނެކަމަށް ވެސް ވިދާޅުވިއެވެ.


އެހެންވެ، ރާއްޖެއަށް ބޭނުންވަނީ ރާއްޖޭގެ މަގުތައް އަމާންކޮށް، މަސްތުވާތަކެތީގެ މައްސަލަ ހަމަޖައްސައި، ސަރުކާރުތެރޭގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ފޫދުއްވާލައި، އެކަން ހަމަޖައްސާނެ މީހެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އަދި ދައުލަތުން ގެއްލިފައި ހުރި މުދާތައް އަލުން އަނބުރާ ހޯދައިދީ، އަޚްލާގު ރަނގަޅު، ތައުލީމަށް އިސްކަންދީ ރާއްޖެ ބިލްޑުކުރާނެ މީހަކު ބޭނުންވާކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު

އަމާން

ޢުމަރު ދައްކަނީ ގޭންގް ވާހަކަ އެކަންޏެއް ނޫން.ޑްރަގު ވާހަކަ..ދައުލަތުން ވައްކަންކުރާވާހަކަ..މީހުން މަރާވާހަކަ...އިޤްތިޞާދުގެ ވާހަކަ...ތަޢުލީމީ ޖީލެއް އުފައްދާ ވާހަކަ...ގޯތި ގެދޮރާއި އިންސާފުގެ ވާހަކަ...އަޚުލާޤު ނެތިގެން އުޅޭ ވާހަކަ މިހެން ގޮސް އެތައް ވާހަކައެއް...ކުށްވެރިން ތިއުޅެނީ ޢުމަރު އަތުވެދާނެތީ ބިރުން....ޙައްލަކީ ޢުމަރު.

1 month ago

ގަލަން

ިހިޔާލު ފާޅުކުރީމަ ވާކަމެއްނެތް ކިއުންތެރިންގެ ހިޔާލުބައި ކެންސަލް ކޮއްލުންރަގަޅު

1 month ago

ގަލަން

އުމަރުވެއްޖެ ނޫންތޯތިޔަވަރުގެ ބޭކަލެއްގެ އަތުގަހިފައިގެން ރަތްޔިތުންނައްދައްކަން އަބަދުވެސް އުމަރު ދައްކަނީ ގޭންގުގެވާހަކަ އަލީރަމީޒް ދައްކަނީ މިއުޒިކް ގޯސްވާހަކަ ތިޔަދެބޭފުޅުންވެސް ތިޔަސިއާރު ބަދަލުކޮއް ގައުމައްފައިދާވާ ވާހަކަ ދައްކަންވެއްޖެ

1 month ago