ގަވާއިދާ ހިލާފުވެގެން 3000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލައިފި

1 month ago

އަފްރާހް

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދިޔަ 3000 އަށްވުރެ ގިނަ ބިދޭސީން މިހައިތަނަށް ޑީޕޯޓުކޮށްލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ވިދާޅުވީ ސެޕްޓެމްބަރ 20 ވަނަ ދުވަހު އެކަނިވެސް 30 ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށެވެ.


ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި، އަތުލައިގަތުމަށް އިމިގްރޭޝަނުން މިހާރުވަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައެވެ.


އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހައި ބިދޭސީ މަސައްކަތްތެރިންނަށް ގާނޫނާއި ގަވާއިދުތަކަށް ތަބާވުމަށް އިލްތިމާސްކުރައްވާފައެވެ.


މީގެއިތުރުން ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ބޮޑު ރެއިޑް އޮޕަރޭޝަނެއް ވެސް ފަށައި، މި އޮޕަރޭޝަންގެ ދަށުން ގިނަ އަދަދެއްގެ ބިދޭސީންނާމެދު އިމިްގރޭޝަނުން ދަނީ ފިޔަވަޅު ވެސް އަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު