އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރެއް ގާއިމު ކުރަނީ

1 month ago

އަފްރާހް

ތިނަދޫ ސިޓީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އައު ބްލަޑް ބޭންކެއް ހުޅުވައިފިއެވެ.


އެ ހޮސްޕިޓަލަށް 55 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހާއްސަ ހަފްލާގައި މި ބްލަޑް ބޭންކް ރަސްމީކޮށް ހުޅުވައިދެއްވީ ހއލްތު މިނިސްޓަރ ޑރ. ޚަލީލުއެވެ.


މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ތިނަދޫ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށެވެ. އަދި މިއީ އެސިޓީގެ ރައްޔިތުންގެ އެދުމެއް ކަމަށެވެ.


މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަން ވެސް ވިދާޅުވިއެވެ.


މިނިސްޓަރު އިތުރަށް ވިދާޅުވީ މި ހޮސްޕިޓަލުގައި ވެލްނެސް ސެންޓަރަކާއި އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރެއް ގާއިމުކުރުމަށް ވެސް ރޭވިފައިވާ ކަމަށެވެ. އަދި ޓަރޝަރީ ހޮސްޕިޓަލުގެ މަޝްރޫއުގެ މަސައްކަތް މިހާރު ހުރި ހޮސްޕިޓަލް ބިމުގައި ކުރިއަށްދާނެ ކަމަށެވެ.


މި މަޝްރޫއުގެ މަސައްކަތް ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިންގ ކޮމްޕެނީއާ ހަވާލުކޮށްފައިވަނީ ފައިބެއަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. 


ކިޔުންތެރިންގެ ހިޔާލު