މާލޭގެ މަގުތަކުގައި ގިނަދުވަސްވެ، ބާވެފައި ހުރި އުޅަނދުތައް ނަގަނީ

1 month ago

އަފްރާހް

މާލޭގެ މަގުތަކުގައި ގިނަދުވަސްވެ، ބާވެފައި ހުރި އުޅަނދުތައް ނަގަން ފަށައިފިއެވެ.


މި މަސައްކަތް ކުރަނީ މާލޭ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެންނެވެ.


ސެޕްޓެމްބަރ 21 ވީ އާދީއްތަ ދުވަހު ހެނދުނު 8 ޖެހިއިރު ފެށި މި މަސައްކަތުގަިއ މިހައިތަނަށް ވަނީ އެފަދަ ގިނަ އުޅަނދު ނަގާފައެވެ.


މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ނަގާނެ އުޅަނދުތައް ނިންމަނީ ފުލުހުން ކަމަށެވެ. އަދި އެ ކައުންސިލުގެ މުވައްޒަފުން ކުރާކަމަކީ އުޅަނދުތައް ނެގުމުގައި ފުލުހުންނަށް އެހީތެރިވެދިނުން ކަމަށެވެ.


އެ އުޅަނދުތައް ނެގުމަށްފަހު، އޮންނަ އުސޫލުގެ ދަށުން ވެރިފަރާތަށް ފުލުހުން އަންގާނެ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު