3 months ago
ޓެކްސީ ރެޖިސްޓްރީކުރުމުގެ ގަވާއިދަށް އިސްލާހެއް ގެނެސްފިއެވެ.
މިހާރު ޢަމަލުކުރަމުންދާ ޓެކްސީ ގަވާއިދަކީ 2022 ވަނަ އަހަރު ޢަމަލުކުރަން ފެށި ގަވާއިދެކެވެ. އެ ގަވާއިދު އެކުލަވާލިއިރު، ޓެކްސީ ލައިސަންސް ދޫކުރުމުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަމުގައިވާންޖެހޭނެ ކަމަށް ވަނީ ހިމަނާފައެވެ.
އެހެންނަމަވެސް ފައިބެއަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު މި ގަވާއިދަށް ގެނައި އިސްލާހާއެކު އެ ޝަރުތު ވަނީ އުވާލާފައެވެ.
ލައިސަންސަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އެ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން ހުށަހަޅާގޮތަށް ވެސް ގަވާއިދުގައިވަނީ ހިމަނާފައެވެ.
އެކަމަކު 2023 ވަނަ އަހަރު ގެނައި އިސްލާހާއެކު އެޝަރުތު ވެސް އުވާލައި، މި މަހުގެ 17 ވަނަ ދުވަހު ގެނައި އިސްލާހާއެކު އެ ޝަރުތަށް އަލުން ޢަމަލުކުރަން މިހާރު ވަނީ ފަށާފައެވެ.
ޓެކްސީ ގަވާއިދުގެ ދަށުން ޓެކްސީ ލައިސަންސް ދޫކުރާނީ އަހަރީ ފީ ދައްކައި، ރޯޑުވާދިނަސް މިންގަނޑަށް ފެތޭ އުޅަނދަކަށެވެ. އަދި ތަރޑް ޕާޓީ އިންޝުއަރެންސް ލިބިފައިވާންޖެހޭ އުޅަނދަކަށްވާންޖެހޭނެކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.