ނޮޅިވަރަންފަރުގައި ފަޔަރ އެވެއރނަސް ޕްރޮގްރާމެއް

1 month ago

އަފްރާހް

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހދ. ނޮޅިވަރަންފަރު ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފިއެވެ.


މިއަދު ހެނދުނު 9 ން މެންދުރު 12 އަށް ނޮޅިވަރަންފަރު ސްކޫލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ. އަދި އަލިފާން ރޯވެއްޖެނަމަ އަލިފާން ނިވާނެގޮތުގެ ޢަމަލީ ތަމްރީނު ވަނީ އުނގަންނައި ދީފައެވެ. 


މި އެވެއަރނަސް ޕްރޮގްރާމްގައި އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ތެރެއިން ޖުމްލަ 66 ފަރާތެއް ބައިވެރިވިއެވެ.


މި ޕްރޮގްރާމްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ. ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިންނެވެ.


ކިޔުންތެރިންގެ ހިޔާލު