އެކި ދާއިރާތަކުން 431 ދަރިވަރަކު ޕޮލީޓެކްނިކުން ތަމްރީންވެއްޖެ

1 month ago

އަފްރާހް

މޯލްޑިވްސް ޕޮލިޓެކްނިކުން ޣައުމަށް ބޭނުންވާ އެކި ދާއިރާތަކުގެ ހުނަރުވެރި 431 ދަރިވަރަކު ތަމްރީންވެއްޖެއެވެ.


މޯލްޑިވިސް ޕޮލިޓެކްނިކްގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު 19 ސެޕްޓެންބަރ ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގައި ވަނީ ބާއްވާފައެވެ.


މި ރައްސްމިއްޔާތުގައި ގްރެފިކް ޑިޒައިން، އިލެކްޓްރިޝަން، އިންޖީން ރިޕެއަރ، އޮފިސް މެނޭޖްމަންޓް، ވުޑް ޓަރނިންގ، ފެޝަން ޑިޒައިން، އާޓިޓްކްޗަރ ފަދަ އެތަށް ދާއިރާއެއްގެ ކޯސްތަކަކުން ދަސްވެނިވެފައެވެ. މިއަހަރު ޕޮލިޓެކްނިކުން ދަސްވެނިވި ދަރިވަރުންގެ ތެރޭގައި، ސ. ހިތަދޫ، ގއ. ވިލިނގިލި، ގދ. ގައްދޫ އަދި ހއ. ދިއްދޫ ކެންޕަސްގެ ދަރިވަރުންވެސް ހިމެނެއެވެ.


މި އަހަރު ޕޮލިޓެކްނިކުން 431 ދަރިވަރުން ދަސްވެނިވެފައިވާއިރު، 324 ދަރިވަރުންނަކީ ފިރިހެން ދަރިވަރުންނެވެ. އަދި އަންހެން ދަރިވަރުންގެ އަދަދަކީ 107 އެވެ.


މީގެއިތުރުން މި ރަސްމިއްޔާތުގައި، އެކި ދާއިރާތަކުން ތަމްރީނުވެފައިވާ 22 ދަރިވަރުން ވަނީ ޙާއްސަ އެވޯޑް ހާސިލުކޮށްފައެވެ.


މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ކޮންސްޓްރަކްޝަން މިނިސްޓަރ މުއްޠަލިބު ވަނީ ޓެކްނިކަލް ދާއިރާތަކުން ގައުމަށް ހިދުމަތް ކުރާނެ ޒުވާނުން ނެރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިސްކަންދެއްވާކަން ފާހަގަކުރައްވާފައެވެ. އަދި އެދާއިރާތަކުން ޒުވާނުން ތަމްރީންކުރުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.


މި ރަސްމިއްޔާތުގައި މަތީތަޢުލީމާއި ހަޔަރ އެޑިއކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއި މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ.


މޯލްޑިވްސް ޕޮލިޓެކްނިކަކީ ދިގުތާރީޙެއް އޮތް އިންސްޓިޓިއުޓެކެވެ. 1975 ވަނަ އަހަރު ވީ.ޓީ.ސީގެ ނަމުގައި އުފެދުނު މި މަރުކަޒު މިއަދު މިވަނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން (12 އެޕްރީލް 2010 ) ވަނަ އަހަރު "މޯލްޑިވްސް ޕޮލިޓެކްނިކް" ނަމަށް ބަދަލްކުރެވި ވޮކޭޝަނަލް ޓްރެއިންނިންގ ކޯސްތައް ހިންގުމަށް މަތިކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު