މަރަދޫން ގެއްލުނު މީހާފެނިއްޖެ

1 month ago

އަފްރާހް

އައްޑޫ ސިޓީ މަރަދޫން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެމީހާ ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ވަކިން ހުންނަ ކޮޓަރިއަކުން މިއަދު ހަވީރު 5:05 ހާއިރު އޭނާ ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ސިއްހީ ހާލަތު ބެލުމަށް އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.


އެމީހާ ގެއިން ނިކުމެގެންދިޔަގޮތަށް ގެއަށް ނައިސް ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށްކޮށްފައިވަނީ މިއަދު މެންދުރުފަހު 1:30 ގައެވެ. އަދި އެމީހާ ގެއިން ނުކުމެގެން ދިޔައީ ސެޕްޓެމްބަރ 20 ވީ ހުކުރު ދުވަހުގެ ރޭ 7 ޖަހާކަންހާއިރު، ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު