އެޗްޑީސީގެ ޑްރައިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް

1 month ago

އަފްރާހް

އެޗް.ޑީ.ސީގެ ޑްރައިވަރުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.


ސްމާޓް ޑްރައިވާސް'' ގެ ނަމުގައި ސެޕްޓެންބަރު 20 ވަނަ ދުވަހު މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަންގެ ފަރާތުންނެވެ.


އެގޮތުން އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތަކާއި އެކްސިޑެންޓުތަކުން ސަލާމަތްވުމަށް ޑްރައިވަރުންގެ ޒިންމާގެ ތެރެއިން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ވެސް މައުލޫމާތުދީފައިވެއެވެ.


މި ސެޝަންގައި އެޗްޑީސީގެ 23 ޑްރައިވަރުން ބައިވެރިވިއެވެ.


ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ދަނީ ހިންގަމުންނެވެ.


މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެކްސިޑެންޓުތައް މަދުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރަމުންގެންދާ މަސައްކަތެކެވެ.


ކިޔުންތެރިންގެ ހިޔާލު