ރައީސް ޑރ. މުއިއްޒު އެމެރިކާ އަށް ވަޑައިގެންފި

1 month ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ.


މިއީ އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.


އެމެރިކާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާވިދާޅުވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ޢަލީ ނަސީރު މުޙައްމަދެވެ.


މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހުގެ އެކި ބައްދަލުވުންތަކުގައި ރައީސް ތަގްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ހާއްސަ ބަހުސެއްގައި ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.


މީގެއިތުރުން އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ "ސަމިޓް އޮފް ދަ ފިއުޗަރ" ގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ މުޚާތަބުކުރައްވައި ތަގްރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.


މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ފައިބެއަހަރުގެ ނޮވެމްބަރ މަހު ހަވާލުވެވަޑައިގަތުމަށްފަހު، އެމަނިކުފާނު އެމެރިކާއަށް އަދި އދ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.


ކިޔުންތެރިންގެ ހިޔާލު