ސަލާޙުއްދީން ސްކޫލު ބެލެނިވެރިންނަށް ޑިޖިޓަލް ޕޭރެންޓިންގ ސެޝަނެއް

1 month ago

އަފްރާހް

އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ބެލެނިވެރިންނަށް މައުލޫމާތުދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޞަލާޙުންދީން ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތުދީފިއެވެ.


މި ސެޝަނުގައި، ރައްކާތެރިގޮތުގައި އިންޓަރނެޓު ބޭނުންކުރުމާއި، ގޭތެރޭގައި ދުޅަހެޔޮ ޑިޖިޓަލް މާހައުލެއް ގާއިމުކުރުމަށް މައުލޫމާތުދީފައިވެއެވެ.


އެގޮތުން ދަރިން އިންޓަނެޓު ބޭނުންކުރާއިރު ރައްކާތެރިކަން ކަށަވަރުކުރުމަށް ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި އިންޓަނެޓު މެދުވެރިކޮށް ދަރިންނަށް ކުރިމަތިވެދާނެ ތަފާތު މައްސަލަތަކާއި އެފަދަ ކަންކަމުން ދަރިން ރައްކާތެރިކުރުވުމަށް މަސައްކަތްކުރާނެ ގޮތްތައް ކިޔައިދީފައިވެއެވެ.


މީގެއިތުރުން ދަރިން ގެންގުޅޭ އިލެކްޓްރޯނިކްސް ޑިވައިސްތަކާއި ބޭނުންކުރާ ތަފާތު އެޕްތައް ބެލެނިވެރިން ކޮންޓްރޯލުކުރާނެ ގޮތް އަދި ސްކްރީން ޓައިމް ލިމިޓްކުރާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ.


މި ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު ހުޅުމާލެ އަވައްޓެރި ފުލުހުންނާއި ސައިބަރ ކްރައިމް ޑިޕާޓްމަންޓު ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި އެ ސްކޫލުގެ 500 އަށްވުރެ ގިނަ ބެލެނިވެރިން ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު