ލަންކާގެ ކާފިއު ގަޑިތަކަށް ދިވެހިން ސަމާލުވުމަށް އެދިއްޖެ

1 month ago

އަފްރާހް

އަވަށްޓެރި ސްރީލަންކާގައި އިއުލާންކޮށްފައިވާ ކާފިއު ގަޑިތަކަށް އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.


އެގައުމުގައި ކާފިއު އިއުލާންކޮށްފައިވަނީ މިރޭ 10 އަކުން ފެށިގެން ހެނދުނު 6 ޖެހުމާ ހަމައަށެވެ.


ކާފިއު ގަޑިތަކުގައި އެގައުމުގައި ދިރިއުޅޭ ދިވެހީން ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސްކުރައްވައި، ހައިކޮމިޝަނުން ވަނީ އެގަޑިތަކުގައި ކަމެއް ދިމާވެގެން ހައިކޮމިޝަންގެ އެހީތެރިކަމަށް ބޭނުންނަމަ، ލަންކާ މިޝަންގެ ހޮޓްލައިނަށް ގުޅުމަށް އެދިފައެވެ.


ހައި ކޮމިޝަނުން ވިދާޅުވީ އެގައުމުގައި ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން މިމަހުގެ 23 ވާ ހޯމަދުވަހަކީ އެގައުމުގެ ބަންދުދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާކަމަށެވެ. އެހެންކަމުން އެދުވަހަކީ ދިވެހި ހައި ކޮމިޝަން ވެސް ބަންދު ދުވަހެއްކަމަށް ވަނީ ވިދާޅުވެފައެވެ.


އެގައުމުގައި ބާއްވާ ރިޔާސީ އިންތިހާބުގައި 38 ކެންޑިޑޭޓުން ވާދަކުރައްވައެވެ. ލަންކާގެ 10 ވަނަ ރައީސް އިންތިހާބުކުރުމަށް ކުރިއަށްގެންދިޔަ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު