ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންނަށް ސާފުތާހިރުކަމާ ގުޅޭ ސެޝަނެއް ބާއްވައިފި

1 month ago

އަފްރާހް

ދައުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންނަށް ސާފުތާހިރުކަމާ ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ ހޮޓެލް ޖެންގެ ފަރާތުން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މި ސެޝަނުގައި ހޭންޑް ހައިޖީނާއި ޕަރސަނަލް ހައިޖީންއާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މި ހަރަކާތް ވެގެންގޮސްފައި ވަނީ ކުދިންނަށް އުފާވެރި ވަގުތުކޮޅެއް ގެނެސްދިން ކާމިޔާބު ހަރަކާތަކަށެވެ.

މި ފުރުސަތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ކުދިންނަށް ހޮޓެލް ޖެންގެ ފަރާތުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މިނިސްޓްރީން ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު