ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރުު ނެގޭ އަދަދު އިތުރުކުރަނީ

2 hours ago

އަފްރާހް

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރުު ނެގޭ އަދަދު އިތުރުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.


ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑެބިޓް ކާޑު ލިމިޓް ނުވަތަ ޑޮލަރު ނެގޭ އަދަދު އިތުރުކުރުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ.


އެގޮތުން ނޮވެމްބަރ ފުރަތަމަ ދުވަހުން ފެށިގެން ޑޮލަރު ނެގޭ އަދަދު 1،200 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.


ދިވެހީންގެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިއީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ މާލީ ބޭނުންތަކަށް އިސްކަންދީ އެކަމަށް ރިއާޔަތް ކުރުމަށްފަހު ނިންމާފައިވާ ނިންމެވުމެއް ކަމަށެވެ.


ބީއެމްއެލް އިން ބުނީ ކާޑު ލިމިޓް އިތުރުކުރަން ބޭނުންވާ ދަރިވަރުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރކޮށް، ޑޮކިއުމަންޓްތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.


މީގެއިތުރުން ޑޮލަރުގެ ހާލަތު ބެލުމަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި ގެންނަ ބަދަލުތައް އިއުލާން ކުރަމުންދާނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.


ފައިބެއަހަރުގެ ޑިސެމްބަރު މަހު ވެސް ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 1200 ޑޮލަރަށް އިތުރުކުރިއެވެ. އެކަމަކު ބޭރުގެ ފައިސާ ދަތިވެ، ޑެބިޓް ކާޑަކުން މުއާމަލާތް ކުރެވޭ އަދަދު 250 ޑޮލަރު އަދި ކްރެޑިޓް ކާޑަކުން މުއާމަލާތް ކުރެވޭ އަދަދު 750 ޑޮލަރަށް ވަނީ ދަށްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު