އުއްމީދަކީ ބައިނަލްއަގްވާމީ މައިދާނުގައި ހަރަކާތްތެރި ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުން: ޝާހިދު

1 month ago

އަފްރާހް

ބައިނަލްއަގްވާމީ މައިދާނުގައި ހަރަކާތްތެރި ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަކީ އެދުމެއް ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އދ. ގެ މެންބަރު ގައުމަކަށް ރާއްޖެ ވީތާ 59 އަހަރު ފުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ޝާހިދު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ވަނީ އދ. ގައި ބައިނަލްއަގްވާމީ ގޮތުން މުހިންމު ކަންކަމުގައި ލީޑަރޝިޕް ދައްކައި، ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.


މީގެއިތުރުން އދ. ގައި ހޭދަކުރެވުނު މި ދުވަސްތަކުގެ ތަޖުރިބާގެ އަލީގައި، އދ. ގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ބައިނަލްއަގްވާމީ މައިދާނުގައި ހަރަކާތްތެރި ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަކީ އެމަނިކުފާނުގެ އެދުމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ކުޑަކުޑަ ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން އދ. ގައި ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކޮށްފައިކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.


ޝާހިދު ވަނީ ދުނިޔޭގެ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ އދ. ގެ މެންބަރަކަށްވި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަން ވެސް ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު