އިސްލާމިކް މިނިސްޓްރީން ތަފްސީރު ކްލާސްތަކެއް ފަށަނީ

1 month ago

އަފްރާހް

ސިލްސިލާ ތަފްސީރު ކުލާސްތަކެއް ފެށުމަށް ނިންމައިފިއެވެ.


މިކަމާއިގުޅިގެން އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހެއްގެ މަޣުރިބު ނަމާދަށްފަހު ކުރިއަށްގެންދާ ކްލާސްތަކެއް ކަމަށެވެ. އަދި ކުލާސް ނަންގަވައިދެއްވާނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމު (އިސްލާމީ މަރުކަޒު) ގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ކަމަށެވެ.


މި ކުލާހުގައި ނިޡާމީ ގޮތެއްގައި ކީރިތި ޤުރްއާނުގައި ވާ އެކިއެކި ސޫރަތްތަކުގެ ތަފްސީރު ކިޔައިދިނުމަށް ނިންމާފައިވާއިރު، މި ކްލާސްތަކުގައި އާޔަތްތައް ބާވައިލެއްވުނު ސަބަބާއި އާޔަތްތަކާގުޅޭ ޙާދިޘާތަކަށް އަލިއަޅުވާލުމަށް ވަނީ ނިންމާފައެވެ.


މީގެއިތުރުން މާތްރަސްކަލާނގެ ވަޙީބަސްފުޅުތަކުން ލިބޭ ޢިބުރަތްތައް ކިޔައިދިނުމާއި ފިޤުހީ ޙުކުމްތަކާގުޅޭ އާޔަތްތަކަށް ފިޤުހީނަޒަރަކުން ބަލައިލާ، މާތްރަސްކަލާނގެ ވަޙީބަސްފުޅުތައް އަހަރެމެންގެ އާންމު ދިރިއުޅުމާ ގުޅޭ ގޮތް ކިޔައިދިނުމަށް ވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ދިރާސާ

މިނިސްޓްރީ ވެސް ކޮލެޖަކަށް ވަނީ އެވެ

1 month ago