އެކްރިޑޭޝަން އުސޫލަށް ބަދަލު ގެންނަނީ

1 month ago

އަފްރާހް

މަތީ ތައުލީމުދޭ ކޯސްތަކުގެ ކޮންޓްރޯލްޑް އެސަސްމަންތްތަކުން މަދުވެގެން 50 އިންސައްތަ ހާސިލުނުކުރާނަމަ ފާސްނުވާ ގޮތަށް މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން އެކްރިޑޭޝަން އުސޫލަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.


ރާއްޖޭގައި ހިންގާ މަތީ ތައުލީމުދޭ ކޮލެޖުތަކާއި އިންސްޓިއުޓްތަކުން، ދަރިވަރުންގެ ފެންވަރު ކަނޑައަޅަނީ ދަރިވަރުން ހަދާ އިމްތިހާނުތަކާއި އެސައިންޓްމަންޓްތަކުންނެވެ.


އެމްކިޔުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ކޯސްތަކުގައި ދަރިވަރުންނަށް ހަވާލުކުރެވޭ އެސައިންމަންޓްތަށް އެހެންމީހުން ލައްވައި ތައްޔާރުކުރުމާއި، ޗެޓްޖީޕީޓީ' ފަދަ އޭއައިގެ ވަސީލަތްތަށް ބޭނުންކޮށް އެސައިންޓްމަންޓްތަށް ފުރިހަމަކުރުމަކީ މިހާރު ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށެވެ.


އެގޮތުން މިދަފަ މައްސަލަތަކަށް ޙައްލު ހޯދުމަށް އަމާޒުކޮށް، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ މާއްދާއެއްގައި ވެސް ކޮންޓްރޯލްޑް އިމްތިހާނުން (ލެކްޗަރާއެއްގެ ހާޟިރުގައި ދަރިވަރުންހަދާ އިމްތިހާނު ނޫނީ ޕްރެޒެންޓޭޝަން) 50 އިންސައްތަ ހާސިލު ނުކުރާނަމަ ކޯހުން ފާސްނުވާނެ ކަމަށް އެމްކިޔުއޭ އިން ވަނީ ނިންމާފައެވެ.


މަތީ ތައުލީމު ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ދަރިވަރުންނަށް އެއްވެސް އެހެން އިމްތިހާނެއް ހެދުމަކާއި ނުލައި 100 އިންސައްތަ މާކްސް ހަމައެކަނި އެސައިންމަންޓުން ހޯދައިގެން ފާސްވާ މާއްދާތަށް ވެސް އެކި ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުގައި ކުރިއަށް ގެންދެއެވެ.


ނަތީޖާއެއްގެ ގޮތުން، އެސައިންމަންޓް ގަނެވިއްކުން އިތުރުވެ، ގާބިލް ނޫން ފަރާތްތަކަށް މަތީ ތައުލީމުގެ ސަނަދު ވަނީ ލިބިފައެވެ. މި މަސައްލައަށް ހައްލު ހޯދުމަށްޓަކައި، އެމްކިޔުއޭ އިން ވަނީ މިހާރު އެކްރެޑިޓްކުރުމަށް ހުށަހަޅާ ކޯސްތަށް އެކްރެޑިޓްކުރުމުގައި، އައު އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް ކޮންޓްރޯލްޑް އެސެސްމަންޓް އިން 50 އިންސައްތަ ހާސިލުނުކޮށް، ފާސް ނުވާނެގޮތަށް ނިންމަވާފައެވެ.


މަތީ ތައުލީމާއި ތަމްރީނުގެ ގަވާއިދުގެ 65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮއްފައިވާ ގޮތުގެ މަތިން ދަރިވަރުންގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށްކުރުވުމަކީ ގާނޫނީ ކުށެކެވެ. މިފަދަ ޢަމަލުތަށް ހިންގާ ދަރިވަރުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން އެދަރިވަރަކު 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެކަމަށް، ހަމަ މި މާއްދާގައި ވަނީ ބަޔާންކުރެވިފައެވެ. 


ކިޔުންތެރިންގެ ހިޔާލު