ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

1 month ago

އަފްރާހް

ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފިއެވެ.


ސެޕްޓެމްބަރ 23 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާއި ހަމައަށް ނެރެފައިވާ މޫސުމީ ބްލެޓިންގ ގައި ވަނީ އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އެކިހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ.


މީގެއިތުރުން ބައެއް ރަށްތަަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، މެދުރައްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައި ވެއެވެ.


މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވަނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައެވެ. އަދި އާދައިގެވަރަކަށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް ވެސް އެ ބްލެޓިންގ ގައި ވެއެވެ.


ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ދެކުނުގައި ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގައި 4 ފޫޓާއި 7 ފޫޓުގެ އުސްމިނުގައި ރާޅު ހުންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު