ލަންކާގެ އިންތިހާބީ ރައީސް އަށް ރާއްޖޭގެ ރައީސް ތަހުނިޔާ ދަންނަވައިފި

1 month ago

އަފްރާހް

އަވަށްޓެރި ސްރީލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އަނުރަ ކުމާރަ ދިސާނަޔަކަ އަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.


މީސްމީޑިއާގައި ރައީސް ހިއްސާ ކުރެއްވި ޕޯސްޓުގައި ވަނީ ލަންކާއާއި ރާއްޖެއަކީ ގާތް އަވަށްޓެރި ދެ ގައުމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.


ސްރީލަންކާގެ ރިޔާސީ އިންތިހާބު ބާއްވާފައިވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ.


އެގައުމުގައި މިހާތަނަށް މާބޮޑު މަގްބޫލުކަމެއް ހޮދާފައިނުވާ ސިޔާސީ ލީޑަރު އަނޫރާ ކުމާރު ޑިސަނަޔަކެ އަކީ ގާނޫންހަދާ މަޖިލީހުގެ މެމްބަރެކެވެ. އަދި އޭނާއާ އެކު މަޖިލީހުގައި އޭނާގެ ޕާޓީ، ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ތަމްސީލްކުރަައްވަނީ ތިން މެމްބަރުންނެވެ.


އިންތިހާބަށް ކެމްޕެއިން ކުރެއްވިއިރު، ލަންކާ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ، ކޮރަޕްޝަން ނައްތާލައްވައި، ބާޒާރުގެ އަގުތަށް ތިރިކުރެއްވުމަށް މިގެކުރީގެ ސަރުކާރުތަކުން ޢަމަލުނުކުރާ ފޮމިއުލާތައް ބޭނުންކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ދަނޑުވެރިންގެ އުފެއްދުންތަކަށް ވެސް ރަނގަޅު އަގެއް ހޯއްދަވައި ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު