ރިޙާން ގެ އައު ރެކޯޑެއް

4 months ago

އަފްރާހް

ފެތުމުގެ ދާއިރާ އިން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ޒުވާން ފެތުންތެރިޔާ މުޙައްމަދު ރިޙާން ޝިހާމް ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އައު ކޮށްފިއެވެ.


އޭނާ މި ރެކޯޑު އައުކުރީ މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 01.00.73 އިން ރޭސް ފުރިހަމަކޮށްގެންނެވެ. ރިހާން ވަނީ މިއިވެންޓުން ފައިނަލް ސީ އަށްވެސް ދަތުރު ކޮށްފައެވެ.


މި އިވެންޓުގެ ގައުމިީ ރެކޯޑު އެންމެފަހުން އައުކޮށްފައިވަނީ މުބާލް ޢައްޒާމް އިބްރާޙީމެވެ. އެއީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 19.26.54 ގެ ވަގުތަކުން އިން ރޭސްނިންމައިގެންނެވެ.


މިއީ މި މުބާރާތުގައި ދިވެހި ފެތުންތެރިން އައުކުރި ދެ ވަނަ ގައުމީ ރެކޯޑެވެ.


މި މުބާރާތުގައި ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުޙައްމަދު އާން ޙުސައިން އައުކުރީ 00.54.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


މި އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އައު ކޮށްފައިވަނީ ވެސް އޭނާ އެވެ. އެއީ، މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައެވެ. އެފަހަރު ގައުމީ ރެކޯޑު އައުކޮށްފައިވަނީ 00.55.11 އިންނެވެ.


ކިޔުންތެރިންގެ ހިޔާލު