ހެނދުނުގެ ނާސްތާގައި އޯޓްސް ހިމެނުމުން އެހެން ވަގުތު ތަކުގައި ކާކެއުން މަދު ކުރުމަށް އެހީތެރިވެދޭ

5 months ago

އަފްރާހް

ހެނދުނުގެ ނާސްތާގައި އޯޓްސް ހިމެނުމަކީ ދުވަހުގެ އެހެން ވަގުތު ތަކުގައި ކާކެއުން މަދު ކުރުމަށް އެހީތެރިވެދޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ސިޑްނީ ޔުނިވަރސިޓީއެއްގައި ކާތަކެތީގެ ތަފާތު އެކި ބާވަތްތައް ހިމަނައިގެން ކޮށްފައިވާ ދިރާސާއަކުން ދައްކާފައިވާ ގޮތުގައިި ކެއުމަށްފަހު އެންމެ ގިނަ ވަގުތު ބަނޑުހައިކަން އިހްސާސް ވިޔަނުދީ ހިފަހައްޓައިދޭ ތިންވަނަ ބާވަތަކީ އޯޓްސްއެވެ.

މީގެ އިތުރުން ހެނދުނުގެ ނާސްތާގެ ތެރެއިން އެއްވަނަ ބާވަތަކީ އޯޓްސް ކަމަށާއި އޯޓްސް ކެއުމުން ބަނޑުހައި ކަން އިހްސާސް ނުކުރެވި ގިނަ ވަގުތު ހޭދަ ކުރެވެނީ އޭގައި ހިމެނޭ ފައިބަރ ގެ އަދަދު މަތިވުމުން ކަމަށް ވެސް ދިރާސާ އިން ދައްކައެވެ.

އެ ދިރާސާ އިން އިތުރަށް ދައްކާފައިވާ ގޮތުގައި ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް މިއީި އެންމެ ރަނގަޅު އެއްބާވަތެވެ.

އެގޮތުން އޯޓްސް އަކީ ކެލޮރީޒް މަދު އެއްޗަކަށްވާއިރު، ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ހުންނަހާ އޯޓްސް އިން ހަށިގަނޑަށް ލިއްބައިދެނީ 120 ކެލޮރީޒް ކަމަށް ދިރާސާ އިން ދައްކައެވެ. އަދި އޯޓްސްގައި ހުންނަ ފެޓްސް ގެ ބާވަތް ވެސް މަދު ކަމަށާއި އޭގައި ހިމެނޭ ފެޓްސްގެ ބާވަތަކީ އެންމެ ލުއި އެއް ބާވަތުގެ ފެޓްސް ކަމަށް ވެސް ވަނީ ދައްކާފައެވެ.

ހަމަމިއާއެކު އެއީ ސިއްޙަތަށް ފައިދާ ހުރި ފެޓްސް ކަމަށާއި އެކަމުގެ ސަބަބުން އޯޓްސް އަކީ ބަރުދަން ލުއިކުރުމަށް ކާން އެންމެ ކަމުދާ އެއްބާވަތް ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ އިއްތިފާގުވެފައެވެ. އަދި ކެއުމުގައި އޯޓްސް ހިމެނުމުން ބަނޑުހައި ކަމުގެ އިހްސާސް ނުކުރެވި ގިނަ ވަގުތު ދަމަހައްޓާ ކަމަށް ވެސް ވަނީ އިއްތިފާގުވެފައެވެ.

ސޮލިޔުބަލް ފައިބަރގެ ބީޓާ ގުލްކަން ކިޔާ މާއްދާއަކުން އޯޓްސް މުއްސަނދި ވެފައިވާއިރު، މިމާއްދާގެ ސަބަބުން އޯޓްސް ކެއުމަށް ފަހު ހަޖަމުވާލެއް ލަސްކޮށްދެއެވެ. މިފައިބަރ ގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމުގައި ހިމެނޭ ހޯމޯންސްތަކުން ހައިކަން ފިލައި، ހަމަޖެހިފައި ހުރި ކަމުގެ އިހްސާސް ކޮށްދެއެވެ.

ކެއުމުގައި އޯޓްސް ހިމެނުމަކީ ލޭގައި ހިމެނޭ ހަކުރު ރެގިޔުލޭޓް ކޮށްދޭ ކަމެއް ކަމަށް ވެސް ދިރާސާ އިން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު