ޑާކް ރެއިންގެ ލާލު ޔޫޓިއުބަށް

3 weeks ago

އަފްރާހް

ޑާކް ރެއިން އެންޓަރޓެއިންމެންޓުން މިއަހަރު ގެނެސްދޭ ދެވަނަ ފިލްމު ބިބީގެ ޕްރޮމޯޝަނަލް ލަވަ ލާލު ޔޫޓިއުބަށް ދޫކޮށްލައިފިއެވެ.


ޓޯއިގެ މެލޮޑީ އާއި ލިރިކްސް އަދި އޭނާގެ ރެޕް ބައިތަކެއް ވެސް ހިމަނާފައިވާ މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެވެ. މިލަވައިން އަޝްފާ އާއި ޓޯއި އަދި ފިލްމުގެ ބައެއް ތަރިން ފެނެއެވެ.


އޭގެތެރޭގައި މަަރިޔަމް މަޖުދާ (މަޖޫ) އާއި މަލީހާ ވަހީދު (މަލް) އާއި އައިމިނަތު ޝުހާގެ ނެށުންތަކެއް މިލަވައިގާ ހިމެނޭއިރު، ފިލްމުގެ ލީޑް އެކްޓަރި ޝަރަފު އާއާ އެކީ އޭނާގެ އަންހެނުން ޝަހުދާ މަހުމޫދު ވެސް މިލަވައިން ފެނެއެވެ.


ޝަހޫއަކީ ފިލްމުގެ ޑައިރެކްޓަރު އަދި ސްކްރީން ޑައިރެކްޓަރު ވެސް މެއެވެ. "ބިބީ" ގެ މޭކަޕް އާޓިސްޓުގެ ގޮތުގައި ސޭންޑީ ހިމެނޭއިރު، މި ލަވައިގެ ނެށުންތަކާއި ކޮސްޓިއުމްތަކާއި މޭކަޕްކޮށް އަދި ލަވަ ޑައިރެކްޓްކޮށްފައިވަނީ ވެސް ސޭންޑީއެވެ.


އޮކްޓޯބަރ 7 ވަނަ ދުވަހު އޮލިމްޕަހުގައި ދައްކަން ފެށުމަށް ތާވަލުކޮށްފައިވާ "ބިބީ" އަކީ ޑާކް ރެއިންގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ. ލީޑް ތަރިންނަކީ މަޖޫ އާއި ޝަރަފެވެ.


މީގެއިތުރުން ޝީލާ ނަޖީބު، އަހުމަދު ސައީދު، ފުބޫ، ޝާއްކޮ އައްމަޑޭ، މަލީހާ ވަހީދު، ޝުހާ، އާދަމް ރިޒްވީ، ސާމީ، އަމަން ހާޒިފު އަދި މަރިޔަމް ހަލީމް ވެސް ތަރިންގެ ތެރޭގައި ހިމެނެއެވެ. 


ކިޔުންތެރިންގެ ހިޔާލު