ހައްދުންމަތީގައި ބާއްވާ 'އުރީދޫ ފަން ރަން' ގައި މިހާރު ބައިވެރިވެވޭނެ

4 months ago

ސާއި

އުރީދޫ މޯލްޑިވްސް އިން ބާއްވާ 'އުރީދޫ ފަން ރަން 2024' ގެ ރީޖަނަލް އެޑިޝަން މި އަހަރުގެ ޖުލައި މަހު ހައްދުންމަތީގައި ބޭއްވުމަށް ނިންމައިފިއެވެ.


'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އުރީދޫ އިން ވަނީ އެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވައިލާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މި ދުވުން އޮންނާނީ ޖުލައި 5 ވަނަ ދުވަހު ކަމަަށް ވެސް ވަނީ ވިދާޅުވެފައެވެ.


މި ދުވުމުގެ ބައިވެެރިންނަށް ދެ ކެޓަގަރީއެއްގެ ކިޓް ލިބެންހުންނާނެއެވެ. އެއީ ސްޓޭންޑަރޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސްޓޭންޑަރޑް ކިޓުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު އަގަކީ 100 ރުފިޔާއެވެ. އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ވްރިސްޓް ބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނޭ ކިޓްގެ އަގަކީ 200 ރުފިޔާއެވެ.


ލާމު އަތޮޅުގައި ބާއްވާ ފަން ރަންގެ އެންމެ ބޮޑު އަމާޒަކީ މުޖުތަމައުގެ ފަރުދުން އެއްތަނަކަށް ގެނެސް، ހަމައެކަނި ފިޓްނަސްއާ ބެހޭ އިވެންޓެއް ނޫން ކަމަށާއި ދިރިއުޅުމުގެ ސަގާފަތާއި އެއްބައިވަންތަކަން އާލާކުރުމުގެ ހަރަކާތެއް ކަމަށް ވެސް ވިދާޅުވިއެވެ.


ހުރިހައި ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތްއިރު، 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކުން ވެސް ބައިވެރިވެ، ޢާއިލާ މީހުންނާއި ރައްޓެހިންނާއި ރަހުމަތްތެރިންނާއެކު މަޖާ، އުފާވެރި މާހައުލެއް ހޭދަކޮށްލުމަށް ލިބޭ ފުރުސަތެކެވެ. އަދި ނުދަންނަ މީހުންނާ ރައްޓެހިވެ، ގުޅުން ބަދަހިކޮށްލުމަށް ވެސް ލިބޭ އަގުހުރި ފުރުސަތެކެވެ.


ކިޔުންތެރިންގެ ހިޔާލު