ނެޝަނަލް އޯޕަން ވޯޓަރ ސްވިމިންގ މުބާރާތުގެ 3 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ އިވެންޓު ނިމިއްޖެ

3 weeks ago

އަފްރާހް

ނެޝަނަލް އޯޕަން ވޯޓަރ ސްވިމިންގ މުބާރާތުގެ 3 ކިލޯމީޓަރާއި 5 ކިލޯމީޓަރުގެ އިވެންޓު ނިމިއްޖެއެވެ.


ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކުރިއަށްދާ މި މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ނެޝަނަލް ޗެމްޕިއަންކަން ހޯދީ މުޙައްމަދު ރިހާން ޝިހާމްއެވެ. އަންހެން ޗެމްޕިއަންކަން ހޯދީ އަޔާނާ އަރީފް އެވެ. ފިރިހެން ރަނަރއަޕްކަން ޔަސީން މުޙައްމަދު ޔޫސުފް ހޯދިއިރު، އަންހެން ރަނައަޕް އަކީ އައިޝަތު އަލީނާ ޝާހިދުއެވެ.


މިގިންތީގެ ފިރިހެން ތިންވަނަ މުބާލް ޢައްޒާމް އިބްރާހިމް އަށް ލިބުނުއިރު، އަންހެން ތިންވަނަ ހޯދީ ލީބާ ޙަސަން މަނިކު އެވެ.


ތިން ކިލޯމީޓަރު ޖޫނިއަރ އަންހެން ޗެމްޕިއަންކަން ޒޯހާ އަޒްލީ ނަސީމް އަށް ލިބުނުއިރު، ފިރިހެން ޗެމްޕިއަން އަކީ ދަނިޔާލް އަމީން ފައިސަލް އެވެ. މި ގިންތީގެ ރަނަރއަޕް އަންހެން ފެތުންތެރިއަކީ ޒަހާ ޒައިދުލް ޚަލީލްއެވެ. އަދި ފިރިހެން ރަނަރއަޕް އަކީ އިބްރާހިމް ޖުދް ޙުސައިން އެވެ.


މި ގިންތީގެ އަންހެން ތިންވަނަ މަރިޔަމް މީޝަމް ނިޔާޒުއަށް ލިބުނުއިރު، ފިރިހެން ތިންވަނަ ލިބުނީ ޒާކިން އަޝްރަފްއަށެވެ.


މިއަހަރު ބާއްވާ 15 ވަނަ ނެޝަނަލް އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަންގައި 240 ފަރާތަކުން ބައިވެރިވެފައިވާއިރު، އެއީ 149 ފިރިހެނުންނާއި 91 އަންހެން ބައިވެރިންނެވެ.


މި މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އެޗްޑީސީ، އެމްޓީސީސީ، ޓްރީޓޮޕް ހޮސްޕިޓަލް، ދިރާގު، ބީއެމްއެލް އަދި ސްޕޯޓްސް މިނިސްޓްރީ އެވެ.


ކިޔުންތެރިންގެ ހިޔާލު