ތިލަފުއްޓަށް އެހެލާފައި އޮތް ޑިންގީއެއްގައި ރޯވި އަލިފާން ނިއްވާލައިފި

3 weeks ago

އަފްރާހް

ކ. ތިލަފުށީގައި އެހެލާފައި އޮތް ޑިންގީއެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.


ދިގު މިނުގައި 25 ފޫޓު ހުންނަ މި ޑިންގީގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ރޭ 00:24 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.


މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ޑިންގީއަށް އެއްވެސް ގެއްލުމެއް ނުވަނީސް އަލިފާން ވަނީ ނިއްވާލާފައެވެ.


މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓް ލިބިފައި ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު