މުދާ އުފުލާ ދޯންނެއްގައި އަލިފާން ރޯވެއްޖެ

3 weeks ago

އަފްރާހް

ދަތުރުކުރަމުންދިޔަ، މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް ދިވެހި ފުުހުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއްގައި ކަމަށެވެ.


މިއަދުގެ ހެނދުނު 07:15 ހާއިރު ކުޑަހުވަދުއާއި ނިޔާމަ ރިސޯޓާއި ދެމެދުގައި އޮތް މުދާ އުފުލާ އޮޑިއެއްގައި އެ ހާދިސާ ހިނގައިގެން މެރިން ޕޮލިސް އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމަންޓާއި ކުޑަހުވަދޫ މެރިން ޕޮލިހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.


މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން އެ ދޯނީގެ ފަހަތުކޮޅުގައި އަލިފާން ރޯވެ ވަރަށްބޮަޑަށް ދުން އަރަމުން އަންނަ މަންޒަރުފެނެއެވެ.


އެހެންނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު އަދިިލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު