އެމްއެންޔޫގައި ފާމަސީ ދާއިރާއާއި ގުޅޭ ސެޝަނެއް ބާއްވައިފި

3 weeks ago

އަފްރާހް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފާމަސީ ދާއިރާގެ ދަރިވަރުން، އެ ދާއިރާއާއި ގުޅޭގޮތުން މަޢުލުމާތު ދިނުމުގެ ސެޝަނެއް ބާއްވާފިއެވެ.


25 ސެޕްޓެމްބަރ އަކީ ބައިނަލްއަގްވާމީ ފާމަސިސްޓުންގެ ދުވަހުގެ ގޮތުގައި ފާގަހަކުރާ ދުވަހެވެ. 


އެގޮތުން، މި އަހަރުގެ ފާމަސިސްޓުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޔޫގެ ފާމަސީ ދަރިވަރުން ވަނީ މަޢުލުމާތު ދިނުމުގެ ސެޝަނެއް ބާއްވާފައެވެ. 


މި ސެޝަންގައި، ފާމަސީ ދާއިރާއިން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުން އެ ދާއިރާއާއި ގުޅޭ އެތަށް މުޙިއްމު މައުލޫމާތުތަކެއް ޙިއްސާކުރެއްވިއެވެ. 


އެގޮތުން، އައު ބޭސްތަށް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ތަފާތު ބޭސްތަށް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިތުރުން ސިއްޙި ދާއިރާއާއި ގުޅޭ އިތުރު މަޢުލިމާތު މި ސެޝަންގައި ޙިއްސާކުރައްވާފައިވެއެވެ. 


މި ސެޝަންގައި، އެކި އެމުރުފުރާގެ މީހުން ވަނީ ބައިވެރިވެފައެވެ. އެކި ދާއިރާތަކާއި ގުޅޭ މަޢުލުމާތު ޙިއްސާކޮށް، ގިނަ އަދަދެއްގެ ބަޔަކު އެކި ދާއިރާތަކަށް ހޭލުންތެރިކުރުވުމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އިން އަންނަނީ މިފަދަ އެތަށް ސެޝަންތަކާއި ސެމިނަރތައް ބާއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު