އަލިފާން ރޯވި ދޯނި އަޑިއަށް ހިނގައްޖެ

3 weeks ago

އަފްރާހް

ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުން ދިޔަ "ހަމްދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި އަޑިއަށް ހިނގައްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އަލިފާން ނިއްވަން އުޅުމުގެ ތެރޭގައި މިއަދު 2:45 ހާއިރު، ކުޑަހުވަދޫ ކައިރިއަށް އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ދޯނިން ދަތުރުކުރީ ފަސް މީހުން ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ވިދާޅުވިއެވެ.


މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ އެ ދޯނީގެ އިންޖީނު ރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ދ. ކުޑަހުވަދޫ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 7:20 ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން ދިޔަ ވިދާޅުވިއެވެ.


މީގެއިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވެސް މިއަދު 11 ން ފެށިގެން ހަރަކާތްތެރިވަމުންދިޔަ ކަމަށް ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު