ޗައިނާ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހާއްސަ ރިސެޕްޝަނެއް

3 weeks ago

އަފްރާހް

ޗައިނާ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހާއްސަ ރިސެޕްޝަނެއް ބާއްވައިފިއެވެ.


ސެޕްޓެމްބަރ 30 ވީ ހޯމަ ދުވަހު ހަވީރު ދަރުބާރުގޭފގައި ބޭއްވި މި ރިސެޕްޝަން ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.


އެގައުމުގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ކޭކެއް ފެޅުން ވެސް އޮތެވެ. މިކޭކު ފަޅުއްވައިދެއްވީ ފޮރިން މިނިސްޓަރ ޑރ. ޚަލީލްއެވެ. އަދި ޗައިނާ އިން ރާއްޖެއަށް ވެދީފައިވާ އަދި ދެމުންގެންދާ އެހީތަކާއި ދެގައުމުގެ ގުޅުން ރަމްޒުކޮށްދޭ ދަތުރުތަކުގެ ތަފްސީލު ދައްކައިދޭ ވީޑިއޯ އެއް ވެސް ވަނީ ދައްކާފައެވެ.


މި ހަފުލާގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި ރައްޔިތުންގެ މަޖިީހުގެ ރައީސް އަބްދުއްރަހީމް އާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ އިއްޒަތްތެރިންނާއި ކަމުވޮށިގެންވާ ފަރާތްތައް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.


މީގެއިތުރުން މި ހަފުލާގައި ޗައިނާ އާއި ރާއްޖޭގެ ސަގާފީ ބައެއް އައިޓަމްތައް ވެސް ވަނީ ހުށަހަޅައިދީފައެވެ.


ޗައިނާގެ ގައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު