ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނުނީ ޖައުފަރު

3 weeks ago

އަފްރާހް

އުސްފަސްގަނޑާ ދިމާލުން ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނުނީ ހ. ވެލަސްފަރުގެ އިބްރާހިމް ޖައުހަރީ (ޖައުފަރު) ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރައްވައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ އުމުރުން 62 އަހަރުގެ ޖައުފަރު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.


މިއަދު ހަވީރު 5:06 ހާއިރު، އުސްފަސްގަނޑާ ދިމާލުން ކަނޑުމަތީގައި މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު ލިބުމާ އެކު، އެ ސަރަހައްދުގައި ފުލުހުން ވަނީ ހަރަކާތްތެރި ވެފައެވެ. އަދި އައިޖީއެމްއެޗަށް އެ މީހާ ވަނީ ގެންގޮސްފައެވެ.


މި ކަމުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރައްވައެވެ.


ޖައުފަރަކީ ރާއްޖޭގައި އެމްޑީޕީގެ އިސްލާހީ ހަރަކާތް ފެށިގެން އައިއިރު، އިސްސަފުގައި ހަރަކާތްތެރިވި ފަރާތެކެވެ. އަދި ފޮޓޯ ނެގުމުގައި ވެސް އިސްކޮށް އުޅެފައިވާ ފަރާތެކެވެ.


ކިޔުންތެރިންގެ ހިޔާލު