ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހެއް އައިޖީއެމްއެޗަށް

3 weeks ago

އަފްރާހް

ޒަހަމްތަކަކާއެކު މަރުވެފައި އޮތް މީހެއް އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ޒަހަމް ތަކަކާއެކު މަރުވެފައި އޮތް މީހަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓެއް ލިބިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.


އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.


މީގެއިތުރުން އެއީ ވިލިމާލެ ބްރިޖުގެ މަސައްކަތްކުރާ ކުންފުނި އެފްކޮންސްގައި މަސައްކަތް ކުރަމުން ދިޔަ މީހެއް ކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.


މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލު ހާމަނުކުރެއްވިޔަސް ވިދާޅުވީ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު