މަތީތައުލީމަށް ބޭނުންވާ މާލި އެހީ 13،000 އަށްވުރެ ގިނަ ދަރިވަރުންނަށް!

3 weeks ago

އަފްރާހް

މަތީ ތައުލީމަަށް ބޭނުންވާ މާލީ އެހީތެރިކަން 13،866 ދަރިވަރުންނަށް ފޯރުކޮދީފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާުވެއްޖެއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މިއީ މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ފޯރުކޮށްދީފައިވާ އަދަދު ކަމަށެވެ.


އެގޮތުން ފުރަތަމަ ޑިގްރީ، ސްކޮލަރޝިޕް ސްކީމް އަދި ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން މި ދަރިވަރުންގެ މަތީ ތަޢުލީމާއި ތަމްރީނަށް ޖުމްލަ 689،663،352 (ހަސަތޭކަ އައްޑިހަ ނުވަ މިލިޔަން ހަސަތޭކަ ފަސްދޮޅަސް ތިންހާސް ތިންސަތޭކަ ފަންސާސް ދޭއް) ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ.


މި ސްކީމްތަކުގެ އިތުރުން ވެސް މަތީ ތަޢުލީމުގެ ފުރުޞަތުތަށް ދިވެހިރާއްޖޭގެ ދަރިވަރުންނަށް ފަހިކޮއްދިނުމަށް އަމާޒުކޮށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން، އެގޮތުން މިހާރުވެސް ޖަޕާނު، ތުރުކީ، މެލޭޝިޔާ، ޗައިނާ އަދި އިނގިރޭސިވިލާތް ފަދަ އެތަށް ޤައުމެއްގެ އެންބަސީތަކާއި، ޔުނިވާސިޓީތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި، އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ސްކޮލަޝިޕް ފުރުޞަތުތަކާއި ގުޅޭ އެއްބަސްވުންތަކުގައި އަންނަނީ ސޮއިކުރަމުންނެވެ.


ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކޮށް، ތަފާތު އެކި ދާއިރާތަކުގައި ފަޒީފާ ޢަދާކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީ ރަޢީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. 


ސަރުކާރުގެ މި ސިޔާސަތުގެ ދަށުން މަތީ ތަޢުލީމު ހާޞިލުކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮއްދިނުމާއި، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ އެތަށް މަސައްކަތެއް މިނިސްޓްރީ އިން ކުރިއަށް ގެންދެއެވެ. 


އެގޮތުން، ލޯނު ސްކީމް، ފުރުތަމް ޑިގްރީ އަދި ސްކޮލަޝިޕް ސްކީމްތަކާއި ގުޅޭ އިދާރީ މަސައްކަތްތަކާއި، ބޭރު ޤައުމުތަކުގެ އެންބަސީ އަދި ޔުނިވާސިޓީތަކާއި ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް ކުރެވެން ހުރި ކަންކަން ދެނެގަނެ އެކަންކަމާއިމެދުވެސް މިނިސްޓްރީން އަންނަނީ މަޝްވަރާކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު