210 ޕްރޮގްރާމެއް އެކްރެޑިޓްކޮށްފި

3 weeks ago

އަފްރާހް

މަތީތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން މިހާތަނަށް 210 ޕްރޮގްރާމެއްވަނީ އެކްރެޑިޓްކޮށްފައެވެ.


އެމްކިއުއޭއިން އަންނަނީ މަތީ ތައުލީމް ދޭ މަރުކަޒުތަކުން ކުރިޔަށް ގެންދިއުމަށް ހުށައަޅާ މަތީ ތައުލީމްގެ ޕްރޮގްރާމްތަށް އެމްއެންކިއުއެފް( މޯލްޑިވްސް ކޮލިފިކޭޝަން ފްރޭމްވޯރކް) އަށް ފެތޭތޯ ބަލައި އެކްރެޑިޓް ކުރަމުންނެވެ. 


އެގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މަތިތައުލީމް ފޯރުކޮށްދޭ މަރިކަޒުތަކުން 227 ޕްރޮގްރާމެއް އެކްރެޑިޓް ކުރުމަށް ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން 210 ޕްރޮގްރާމެއް ވަނީ އެކްރެޑިޓް ކުރެވިފައެވެ. އަދި ބަކީ ހުރި 17 ޕްރޮގްރާމްގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.


ރާއްޖޭގެ މަތީތައުލީމްގެ ފެންވަރު ރަގަޅުކޮށް، ރާއްޖޭގެ ޔުނިވަރސިޓީތަކަކީ ބޭރުގެ ދަރިވަރުން އައިސް ތައުލީމް އުގެނޭނެ ފެންވަރުގެ ތަންތަނަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެހެންކަމުން ރާއްޖޭގައި މަތިތައުލީމްގެ ފެންވަރު ރަގަޅުކުރުމަށް ކުރެވެންހުރި މަސައްކަތްތައް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު