ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމާއި ދެކޮޅަށް އެމްއެންޕީ

3 weeks ago

އަފްރާހް

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމާއި ދެކޮޅަށް ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފަިއވާ ކަމަަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.


އެ ޕާޓީގެ ސްޕޯކްސް ޕާރސަން އަސްރާ އަހްމަދު "އޮއިވަރު' އަށް ވިދާޅުވީ މި މައްސަލަ އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލަށް މައްސަލަ ހުށަހެޅީ އެ ޕާޓީގެ ހުޅުމާލޭ ދެކުނު ދާއިރާގެ ރައިސް މުޙައްމަދު ޝުހައިލް ކަމަށެވެ. އަދި އެއީ ސެޕްޓެމްބަރ 25 ވީ ބުދަ ދުވަހު ބޭއްވި އެ ޕާޓީގެ ހިންގާ ކައުންސިލްގެ ނުވަ ވަނަ ބައްދަލުވުމުގައި ކަމަށެވެ.


އެމްއެންޕީއަކީ އަބަދު ވެސް ދައުލަތުގެ ބަޖެޓުން ސިޔާސީ ހަރަކާތްތަކަށް ހަރަދު ކުރުމާއި ދެކޮޅަށް މަސައްކަތްކުރަމުން އައި ޕާޓީއެއްކަން ފާހަގަކުރައްވައި އަސްރާ ވިދާޅުވީ ހާއްސަކޮށް އެ ޕާޓީގެ އެކި ޖަލްސާތަކުގައާއި ރައްޔިތުންގެ މަޖިލީހުގައި ވެސް އެޕާޓީގެ ރައީސް، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެކަންކަމުގައި ވަކާލާތު ކުރައްވާފައިވާ ކަމަށެވެ.


"ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު ދުވަސްވަރު ޑިމޮކްރަސީ ކުރިއެރުވުމަށް ދައުލަތުން ޕާޓީތަކަށް ފައިނޭންޝިއަލް ސަޕޯޓްދީގެން ޑިމޮކްރަސީ ފައްކާ ކުރުމަށް ކުރި މަސައްކަތަކީ ވަރަށް ރަނގަޅު މަސައްކަތެއް." އަސްރާ ވިދާޅުވިއެވެ.


އެހެންނަމަވެސް މިހާރު މިއީ އޭގެ 15 އަހަރު ފަސް ކަމަށާއި ދައުލަތުގެ މާލީހާލަތު މިހާރު އޮތްގޮތުންނާއި މިހާރު މިއީ ރާއްޖޭއިން ބޭރު ގިނަގައުމުތަކުގައި ވެސް ޢަމަލު ކުރަމުން އަންނަ އުސޫލުން ސިޔާސީ ޕާޓީތަކަކީ އެޕާޓީގެ ސަޕޯޓަރުންގެ މަދަދާއި އެކީ ހިންގާ ޕާޓީތަކަކަށް ރާއްޖޭގެ ސިޔާސީ ޕާޓީތައް ވެސް މިސްރާބު ޖަހަންވީ ވަގުތުކަން އަސްރާ ފާހަގަކުރެއްވިއެވެ.


މީގެއިތުރުން އަސްރާ ވަނީ އެކަން އެހެން އޮތުމާއެކު މިމައްސަލައަކީ ކުއްލި މައްސަލައެއް ގޮތުގައި ބަލައިގެން މިކަމާއި މެދު ކައުންސިލުން ފެންނަގޮތަކަށް ވޯޓަކަށް އަހައި، ކައުންސިލުން ވަކިގޮތެއް ނިންމައިދިނުމަށް އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް މުޙައްމަދު ޝުހައިލް އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލަށް ހުށަހެޅީ ކަމަށެވެ.


ޝުހައިލްގެ މި ހުށަހެޅުމަށް އެޕާޓީގެ ހިންގާ ކައުންސިލްގައި ބަހުސް ކުރުމަށްފަހު، އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލުގެ މެންބަރުން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ލަފާ ދީފައި ކަމަށް ވެސް އަސްރާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

އަލިފު ޙާ!

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭފައިސާއަކީ ޤައުމުގައި ފިތުނަ އުފައްދަން ދޭ އެއްޗަކަށް މިވަނީ ވެފައެވެ. އެފައިސާ ޕާޓީތަކަށް ދިނުން ވަގުތުން ހައްޓައިލާންޖެހެއެވެ.

3 weeks ago

ރަޝީދާ ފޭދޫ

ވަރައް ރަނގަޅުކަމެއް ތީ މިރާއްޖޭގައި ސިޔާސީޕާޓީތައްހަދާފަ ވަނީ ދައުލަތް ލޫޓުވަން މިހިނދުންމިހިނދައްވެސް އެބަޖެހޭ ރައްޔަތުންނައް ރަނގަޅަށް ކަމެއް ކޮއްދޭނަމަ ތިޕާޓީތަކައް ދައުލަތުގެ ބަޖެޓުން މިލިޔަން މިލިޔަނުން ބިލިޔަންބިލިޔަނުންކާފައިސާ ދިނުންހުއްޓުވަން ތިޕާޓީތަކައްދައުލަތުންދޭ ފައިސާއަކީ ބައެއްޕާޓީތަކުން މިގައުމުފަނާކުރަންހޭދަކުރާފައިސާ

3 weeks ago