ޖަޕާނުގެ އައު ބޮޑުވަޒީރަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

3 weeks ago

އަފްރާހް

ޖަޕާނުގެ އައު ބޮޑުވަޒީރު ޝިގެރޫ އިޝިބައަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.


ބޮޑުވަޒީރު އިޝިބައަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނުގެ މަސައްކަތްޕުޅަށް ކާމިޔާބީއަށް އެދިވަޑައިގެން، އެމަނިކުފާނުގެ ޒައާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައިވެއެވެ. 


މީގެއިތުރުން ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައިވެއެވެ. އަދި ޖަޕާނަކީ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް، ގިނަގުނަ އެހީތައް ވެދެއްވާ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.


ރައީސްގެ މެސެޖު ނިންމަވާލަވާފައިވަނީ ޖަޕާނުގެ އައު ބޮޑުވަޒީރަށާއި އެޤައުމުގެ ރައްޔިތުންނަށް ހެއެއެދުންތައް އަރިސްކުރައްވައި، ހަމަޖެހުމާއި ކުރިއެރުމަށް އެދިވަޑައިގަންވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު