ނަރުހުން އަދާކުރަނީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއް: ރައީސް

5 months ago

އަފްރާހް

ނަރުހުން އަދާކުރަނީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ ނަރުހުން ޚިދުމަތުގެ އެންމެ ކުރީ ސަފުގައިތިބެ އަދާކުރަނީ ޤައުމީ ވާޖިބެއްކަމަށެވެ.


ކޮންމެ އަހަރެއްގެ މޭ މަހުގެ 12 ވަނަ ދުވަސް ދުނިޔޭގެ ނަރުހުންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިންސާނިއްޔަތަށްޓަކައި ނަރުހުން ވަމުންދާ ޤުރުބާނީއާއި އެމީހުންގެ ޚިދުމަތް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށް އަގުވަޒަން ކުރުމެވެ.


މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސް އިން ކަނޑައަޅާފައިވަނީ "އަވަރ ނަރސަސް، އަވަރ ފިއުޗަރ. ދަ އިކޮނޮމިކް ޕަވަރ އޮފް ކެއަރ" އެވެ. މިއީ ސިއްހީ ނިޒާމުގެ މައިބަދައިގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނަރުހުންނަށް ޚިދުމަތުގެ ތެރޭގައި މާލީގޮތުން ދިމާވާ އެކިގޮންޖެހުންތަކާމެދު ވިސްނާ، އެކަންކަމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ. 

ކިޔުންތެރިންގެ ހިޔާލު