ފަތުރުވެހިންގެ އެކްސްޕޯ، ގެސްޓް ހައުސް ވިޔަފާރިއަށް ހުޅުވޭ ދޮރެއް

3 weeks ago

އަފްރާހް

ރާއްޖޭގައި ފަތުރުވެހިންގެ ނަމުގައި ފުރަތަމަފަހަރަށް އެކްސްޕޯއެއް ބާއްވަން ނިންމައިފިއެވެ.


މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ބެޗްލަރ އިން އިންޓަރނޭޝަނަލް ޓޫރިޒަމް ސްޓަޑީޒްގެ ދަރިވަރުން ބާއްވާ އިވެންޓެކެވެ.


'އޮއިވަރު' އަށް މައުލޫމާތު ދެމުން އެ ދަރިވަރިން ބުނީ މި އިވެންޓު ބޭއްވުމަށް ނިންމާފައިވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ 24 ވާ ބުރާސްފަތިދުވަހު ކަމަށެވެ. އަދި މިއީ ރާއްޖޭގެ ގެސްޓްހައުސް އިންޑަސްޓްރީ ކުރިއެރުވުމުގެ މަގްސަދުގައި ބާއްވާ އެކްސްޕޯއެއް ކަމަށެވެ.


އެއްބާރުލުމާއި އުނގެނުމުގެ ތަފާތު މަންސަ (ޕްލެޓްފޯމް) އަކަަށް މި މި އެކްސްޕޯ ވާއިރު، މިއީ އެކްސްޕޯގެ ބައިވެރިން ޓޫރިޒަމް އަދި ގެސްޓްހައުސް އިންޑަސްޓްރީގެ އެކި ސްޓޭކްހޯލްޑަރުންނާއި ޕެނަލިސްޓުންގެ ފަރާތުން މި ދާއިރާގެ އެންމެ ފަހުގެ ޓްރެންޑްތަކާއި ގޮންޖެހުންތައް ދެނެގަތުމަށް ލިބޭނެ މުހިންމު ފުރުސަތަކަށް ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.


އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި ޕެނަލް ޑިސްކަޝަންތަކާއި ނެޓްވޯކިންގ ފުރުސަތުތަކާއި އެކްސްކްލޫސިވް ލިމިޓެޑް އެޑިޝަން ސްޓޭމްޕް ކަލެކްޝަން ހިމެނެއެވެ. އަދި މިއީ ޕްރޮފެޝަނަލުންނާއި ޝައުގުވެރިންނާއި އަލަށް ނިކުންނަ ގެސްޓްހައުސް އޯނަރުންނަށް މުހިންމު އެކްސްޕޯއަކަށް ވެސް ވާނެ ކަމަށް ބުނެއެވެ.


މި އެކްސްޕޯގައި ޕެނަލް ޑިސްކަޝަންގެ ދެ ސެޝަނެއް ބާއްވާއިރު، ފުރަތަމަ ސެޝަންގައި "ގެސްޓް ހައުސްތަކުގެ އިގްތިސާދީ ފައިދާ އިތުރުކުރުން" ކުރިއަށްގެންދާނީ، އިކޮނޮމިކް ލީކޭޖް: ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ގެސްޓްހައުސްތަކުގެ އާމްދަނީ ލޯކަލް އިގްތިސާދުގެ ތެރޭގައި ބެހެއްޓުމާއި ރެޒިލިއަންސް ޓު ޝޮކްސް: ކާރިސާތަކާ ކުރިމަތިލުމުގައި ގެސްޓްހައުސް ދާއިރާގައި އިގްތިސާދީ ރެޒިލިއަންސް ބިނާކުރުމުގެ މައްޗަށެވެ.


ޕެނަލިސްޓުންގެ ގޮތުގައި ގެސްޓް ހައުސް އޯނަރ / އޮޕަރޭޓަރ، އެމްއެމްޕީއާރުސީގެ އިސް މެންބަރެއް، އިކޮނޮމިކް ސްޕެޝަލިސްޓެއް އަދި ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ރެޕްރެޒެންޓޭޓިވް ބޭފުޅެއް ބައިވެރިވެވަޑައިގަތުމަށ ވަނީ ނިންމާފައެވެ.


ދެވަނަ ސެޝަންގައި "ގެސްޓްހައުސް ޓުއަރިޒަމްގައި ސަރުކާރުގެ އެއްބާރުލުމާއި ސަގާފީ ހިމާޔަތް" އަށް ބާއްވާއިރު، ސަރުކާރުގެ ސިޔާސަތުތައް: ގެސްޓްހައުސް ޓޫރިޒަމް މެދުވެރިކޮށް އިގްތިސާދީ ބައިވެރިވުމާއި އިޖުތިމާއީ އެއްބައިވަންތަކަން ހަރުދަނާކުރުން އަދި ކަލްޗަރަލް އިމްޕެކްޓް: ގެސްޓްހައުސް ޓުއަރިޒަމް އިތުރުވަމުންދާ ދަނޑިވަޅެއްގައި ރާއްޖޭގެ ރަށްރަށުގެ ސަގާފީ ތަރިކަ ހިމާޔަތްކުރުން މި ދެ މައުޟޫ އަށް ވާހަކަދެއްކުމަށް ވަނީ ނިންމާފައެވެ.


މި ސެޝަންގެ ޕެނަލިސްޓުންގެ ގޮތޮގައި ގެސްޓް ހައުސް އޯނަރ/ އޮޕަރޭޓަރ، ސަގާފީ ތަރިކައިގެ މާހިރެއް، އެންވަޔަރަންމަންޓަލް ސަސްޓެއިނަބިލިޓީ އެކްސްޕާރޓް އަދި މޯލްޑިވިއަން ކަލްޗަރ އެކްސްޕާރޓެއް ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ.


މި އެކްސްޕޯ ސްޕޮންސަރ ކުރުމަށް ހުޅުވާލާފައިވާއިރު، އެކަމާއިގުޅޭ މައުލޫމާތު 9809820، 9644411 އަދި 9697550 އަށް ގުޅުމަށް ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު