އިސްރަށްވެހިންނަކީ އާއިލާތައް ބިނާކޮށް، ގައުމު ބިނާކުރުމުގެ އިސްވާރުން: ލަހުފާ

3 weeks ago

އަފްރާހް

އިސްރަށްވެހިންނަކީ އާއިލާތައް ބިނާކޮށް، ގައުމު ބިނާކުރުމުގެ އިސްވާރުން ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑިޕިއުޓީ މިނިސްޓަރ މަރްޔަމް ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އުރީދޯ މޯލްޑިވްސްއާއެކު ފެށި 'ގްރޯ ވިތް އުރީދޫ' ގަސް އިންދުމުގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.


ލަހުފާ ވިދާޅުވީ އިސްރަަށްވެެހިންނަކީ މިއަދު ވެސް އެމީހުންގެ ތަޖުރިބާ އިން އަޅުގަނޑުމެން ކަންކަން އުގެނެން ޖެހޭ މޭސްތިރިން ކަމަށެވެ.


އިސްރަށްވެހިންގެ ނާދީގައި ބޭއްވި މި ރަސްމިއްޔާތުގައި ލަހުފާ ވަނީ މި ނާދީ އަކީ އިސްރަށްވެހިންގެ އަގުވަޒަންކުރާ، އެމީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދޮޅަހެޔޮކަން ގާއިމްކުރުމަށް ހޭހަންކުރާނެ މަރުކަޒެއް ކަމުގައެވެ.


އަޅުގަނޑުމެންގެ މުޖުތަމައުގައި ތިބި ދޮށީއުމުރުގެ މީހުންގެ ދޮޅަހެޔޮކަމާ އުފާވެރިކަން ކަށަވަރުކުރުމަށް މިފަދަ ނާދީއަށް ވުޖޫދަށް ގެނެސްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒަށް އަޅުގަނޑުގެ ހިތުގެ ހާލިސް ޝުކުރު އަދާކުރަން. ލަހޫ ވިދާޅުވިއެވެ.


މީގެއިތުރުން ހަގީގީ މާނައިގައި މިތަނުގެ ފައިދާ އިސްރަށްވެހިންނަށް ލިއްބައިދިނުމަށް އެކި ޖަމުއިއްޔާ ޖަމާއަތްތަކާއި، ކުންފުނިތަކާއި ވަކިވަކި ފަރުދުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓްރީގެ ނަމުގައި އެ އެންމެހާ ފަރާތްތަކަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

އެކަންޤަބޫލުކުރަނީކާކު

3 weeks ago