3 months ago
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން މަސައްކަތްކުރަމުން އަންނަ މޯލްޑިވިސް: އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓް އިން ކޮމްޕިއުޓަރާއި ގުޅޭ ތަމްރީނު ފޯރުކޮއްދިނުމަށް، އިންޑިވިޖުއަލް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
މި މަސައްކަތަގެ މައިގަނޑު މަގްސަދަކީ މޯލްޑިވިސް ޕޮލިޓެކްނިކްގެ މުވައްޒަފުންނަށް ކޮމްޕިއުޓަރ ސްކިލްސް އެންހޭންސިންގ ޓެރެއިނިންގ ނުވަތަ ކޮމްޕިއުޓަރުގެ ތަމްރީނު ފޯރުކޮއްދެވުމެވެ.
ކޮމްޕިއުޓަރ ސްކިލްސް އެންހޭންސިންގ ޓެރެއިނިންގ ނުވަތަ ކޮންޕިއުޓަރުގެ ތަމްރީނު ފޯރުކޮއްދެއްވާ ކޮންސަލްޓަންޓްގެ ޝަރުތުތަކުގެ ތެރޭގައި، އައިޓީ ދާއިރާއިން މާރސްޓާސް ޑިގްރީ އޮތް ފަރާތެއްކަމުގައިވުން ނުވަތަ އެފަދަ ދާއިރާއަކުން ކިޔަވައިދިނުމުގެ 1 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން ނުވަތަ އައިޓީ ދާއިރާ އިން ބެޗްލާރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެފަދަ ދާއިރާއަކުން ކިޔަވައިދިނުމުގެ ދެ އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން ހިމެނެއެވެ.
މި ތަމްރީނުގައި، މައިކްރޮސޮފްޓްގެ ވޯޑް، އެކްސެލް، ޕަވަރ ޕޮއިންޓް، ރެވިޓް އެމްއީޕީ، ޕެޑްލެޓް، ގޫގަލް އެޑިޔުކޭޝަނަލް ޓޫލްސް އަދި ކެންވަސް ޕްލޭން ބޯޑް ފަދަ ކޮމްޕިއުޓަރު ޕްރޮގްރާމްތަކަށް އަހުލުވެރިކުރުވައި، އެ ޕްރޮގްތާމްތަށް ބޭނުންކޮށް އުގެނުމާއި، އުގަންނައިދިނުން ލުއިފަސޭހަކުރުމުގެ އުކުޅުތަށް ދަސްކޮއްދިނުން ހިމެނެއެވެ.
މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކުރެވިފައިވާ) ،ސީވީ، މަސައްކަތުގެ ތަޖްރިބާ ބަޔާންވެ، އިނގޭނެ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ އައިޑީކާޑުގެ ކޮޕީ procurement.pmu@mohe.gov.mv އަށް އީ-މެއިލްކުރައްވައިގެން ހުށަހެޅުއްވޭނެއެވެ.
މި މަގާމަށް ހުޅަހެޅުމުގެ ސުންގަނޑިއަކީ މި ހިނގާ އޮކްޓޯބަރ މަހުގެ 8 ވާ އަންގާރަ ދުވަހުގެ މެންދުރު 12 ޖަހާއިރެވެ.